ads
ޖެންޑާ މިނިސްޓްރީގެ އިސް ބޭފުޅުން އައްޑޫސިޓީގައި
އައްޑޫ ސިޓީ އަމާންހިޔާ އެޅުމަށް ބިން ހަމަޖެހިއްޖެ
އައްޑޫ ސިޓީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އަމާންހިޔާ އާއި އުމުރުން ދުވަސްވީ މީހުންގެ މަރުކަޒު ގާއިމްކުރުމަށް ބިން ހަމަޖެހިއްޖެއެވެ.

ޖެންޑަ މިނިސްޓްރީން ބުނެފައިވަނީ، ގެވެށި އަނިޔާގެ ޝިކާރައަކަށްވާ އަންހެނުންނާއި ކުޑަކުދިން އަދި އާއިލާ ތަކަށް ވަގުތީ ރައްކާތެރިކަން ފޯރުކޮށް ދިނުމަށްޓަކައި އައްޑޫ ސިޓީގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ އަމާންހިޔާގެ އިމާރާތާއި އުމުރުން ދުވަސްވީ މީހުންގެ މަރުކަޒު ގާއިމް ކުރުމަށް ހަމަޖެހިފައިވާ އިމާރާތް އެޅުމަށް ހަޖެހިފައިވާ ބިން ބެލުމަށް މިނިސްޓްރީގެ އިސް ބޭފުޅުން މަސައްކަތް ފައްޓަވާފައިވާ ކަމަށެވެ. 

އެގޮތުން ޖެންޑާ މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އައިޝަތު ރަޝީދު އާއި މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ފަޒުނާ ޝާކިރު އަދި މިނިސްޓްރީގެ ޓީމެއް އައްޑޫ ސިޓީއަށް ވަޑައިގެން އެމަސައްކަތް ފައްޓަވާފައިވާކަމަށް އެމިނިސްޓްރީން މައުލޫމާތުދެއެވެ. 

ޖެންޑާ މިނިސްޓްރީން ވަނީ މިއަހަރުގެ ސެޕްޓެމްބަރު މަހުގެ ތެރޭގައިވެސް، އަމާން ހިޔާގެ ގޮތުގައި ވަގުތީ ރައްކާތެރިކަމުގެ މަރުކަޒުގެ ފަސް ރަށެއްގައި ކަނޑައަޅާފައެވެ. އެއީ ކުޅުދުއްފުށި ސިޓީ، ށ. ފުނަދޫ، ތ. ވޭމަންޑޫ، ގދ. ތިނަދޫ އަދި ވިލިމާލޭ އަމާންހިޔާއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް