ads
ކޮވިޑް-19 އަށް ޓެސްޓް ކުރުމަށް ސާމްޕަލް ނަގަނީ-- ފޮޓޯ: ސީއެންއެމް
ބިދޭސީންގެ މެދުގައި ބަލި އޮތް މިންވަރު ބަލަން އެންޓިބޮޑީ ސާވޭ ހަދަނީ
ބިދޭސީންގެ މެދުގައި ކޮވިޑް ފެތުރިފައިވާ މިންވަރު ދެނެގަަތުމަށް އެންޓި ބޮޑީ ސާވޭ ހަދަން ނިންމާފައިވާ ކަމަށް އެޗްއީއޯސީން ބުނެފި އެވެ.

އެޗްއީއޯސީގެ ތަރުޖަމާނު ޑރ، ނަޒްލާ ރަފީގް ވިދާޅުވީ އެޗްޕީއޭ އާއި ގައުމީ ޔުނިވާސިޓީ ގުޅިގެން ފެށި އެންޓި ބޮޑީ ސާވޭގެ ތެރެއިން ބިދޭސީންގެ މެދުގައި ބަލި އޮތް މިންވަރު ބެލުމަށް ސާމްޕަލް ނަގަން ނިންމާފައިވާ ކަމަށެވެ. 

އެގޮތުން ބިދޭސީންގެ މެދުގައި ސާމްޕަލް ނެގުމަށް ރެޕިޑް ރެސްޕޯންސް ޓީމުން މަގުތަކުގައި ހަރަކާތްތެރިވާނެ ކަމަށް ވިދާޅުވި އެވެ. 

ޑރ. ނަޒްލާ ވަނީ މަގުމަތީގައި ހަރަކާތްތެރިވާ އެ ޓީމުގެ މެމްބަރުންގެ ކިބައިން ސާމްޕަލް ނަގަން ބޭނުންވެގެން ބައެއް ދިވެހިން ވެސް އެދެމުން އަންނަ ކަމަށާއި އެކަމަކު މި ސާވޭގައި ނެގުމަށް ކަނޑައަޅާފައިވަނީ ހަމައެކަނި ބިދޭސީންގެ ސާމްޕަލް ކަމަށެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް