ads
ކ. ތުލުސްދޫ--
ތުލުސްދޫއަށް އެރި މީހުން ރަށު ތެރެއަކަށް ނުދޭ: ކައުންސިލް
ކ. ތުލުސްދޫގެ ތުނޑި ސަރަހައްދަށް މިއަދު ބަޔަކު އަރާފައިވާ ކަމަށާއި އެކަމަކު އެމީހުން ރަށު ތެރެއަށް ނުދާ ކަމަށް އެރަށު ކައުންސިލުން ބުނެފި އެވެ.

ތުލުސްދޫއަށް ބަޔަކު ހުއްދަ ނާރާއި އަރާ އުޅުންކަމުގެ އަޑުތައް އަރާފައިވާއިރު އެމީހުން ރަށުގެ ތެރެއަށް ވެސް ގޮސް އުޅުން ކަމަށް އަޑު އެރި އެވެ. 

އެކަމަކު ތުލުސްދޫ ކައުންސިލްގެ ރައީސް އަހުމަދު އަނީސް ސީއެންއެމްއަށް ވިދާޅުވި ގޮތުގައި އެމީހުން ރަށު ތެރެއަށް ގޮސް ހަދާފައެއް ނުވެ އެވެެ. 

އަނީސް ވިދާޅުވި ގޮތުގައި މީގެ ދެ ހަފުތާއެއްހާ ދުވަސް ކުރިން ބަޔަކު ވަނީ އޭނާއަށް ގުޅާއި ރަށް ކައިރިއަށް މޫދަށް އެރެން އަންނަން އެދިފައި ކަމަށެވެ.

މިއަދު އަޑުއިވިގެންދިޔައީ އެމީހުން އައިސް އުޅޭ ވާހަކަ ކަމަށާއި އެހެންވެ އެމީހުން އައި ލޯންޗަށް ގުޅައި ދިއުމަށް އެދުން ކަމަށް ބުނެ އެވެ. އެގޮތުން މެންދުރު ދޭއް ހާއިރު އެމީހުން ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ. 

އަނީސް ވިދާޅުވި ގޮތުގައި އެ ތުނޑި ސަރަހައްދަކީ ރަށުގައި މީހުން އުޅޭ ސަރަހައްދާއި ވެސް ވަރަށް ދުރުގައި އޮންނަ ސަރަހައްދެކެވެ. އަދި ރަށުގެ އެހެން ބަޔަކާއި ވެސް އެމީހުން ބައްދަލުވެފައި ނުވާއިރު ރަށު ތެރޭގައި އަޑު ފަތުރަމުންދަނީ ހަގީގަތާއި ހިލާފަށް ކަމަށް ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
75%
ވަރަށް ސަލާމް
ކޮމެންޓްސް