ads
ހއ.ކެލާ ފޮޓޯ:ސަން
ކެލާގައި މަސްމާރުކޭޓެއް އަޅާދޭނެ ބަޔަކު ހޯދަނީ
ހއ. ކެލާގައި އެޅުމަން ހަމަޖެހިފައިވާ މަސްމާރުކޭޓުގެ މަސައްކަތް ކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފި އެވެ.

ކެލާ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނީ މަސްމާރުކޭޓުގެ މަސައްކަތް ހަވާލުކުރަން ނިންމާފައިވަނީ އެކައުންސިލްގެ އިދާރާއިންދޭ މައުލޫމާތާއި އެއްގޮތަށް މަސައްކަތް ކޮށްދޭނެ ފަރާތަކަށް ކަމަށެވެ.

އެހެންކަމުން އެ ކައުންސިލުން ދޭ މައުލޫމާތާއި އެއްގޮތަށް އެ މަސައްކަތް އަމިއްލަ ތަކެތީގައި ކޮށްދިނުމަށް ޝައުގުވެރިވާ ފަރާތްތަކުން ކެލާ ކައުންސިލްގެ އިދާރާއިން މައުލޫމާތު ސާފު ކުރުމަށްފަހު އަންދާސީ ހިސާބު ހުށަހެޅުމަށް އެދިފައިވެއެވެ. 

ކައުންސިލުން ބުނީ އަންދާސީހިސާބު ހުށަހެޅުމަށް މައުލޫމާތު ސާފުކުރުން އޮންނާނީ ޑިސެމްބަރު މަހުގެ 7 ވާ ހޯމަ ދުވަހުގެ 10:00 ގައެވެ، އަދި މައުލޫމާތު ސާފުކުރުމަށް ފަހު އަންދާސީ ހިސާބު ހުށަހެޅުން އޮންނާނީ ޑިސެމްބަރު 15 ވާ އަންގާރަ ދުވަހުގެ 13:00 ގައެވެ.

ކައުންސިލުން ބުނީ  އެ މަސައްކަތް ކޮށްދިނުމަށް ޝައުގުވެރިވާ ކުދި އަދި މެދު ފަންތީގެ ވިޔަފާރި ދަފުތަރުގައި ރަޖިސްޓްރީ ކޮށްފައިވާ ހުރިހާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލެވިފައިވާ ކަމަށެވެ. އަދި މައުލޫމާތު ސާފުކުރުމަށާއި އަންދާސީހިސާބު ހުށަހެޅުމަށް ގަޑިއަށް އެ ހާޒިރު ނުވާ ފަރާތްތަކަށް ބިޑްގައި ބައިވެރި ނުވެވޭނޭ ކަމަށް ވެސް ކައުންސިލުން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް