ފުލުހުން ބުނީ އިއްޔެ ރޭ ބާރު ސްޕީޑެއްގައި މާލޭގެ އަމީނީ މަގުން ދަރުމަވަންތަ ހޮސްޕިޓަލާ ދިމާލުން ބޮޑުތަކުރުފާނު މަގަށް ނިކުތް ސައިކަލެއް ކޮންޓްރޯލުން ނެއްޓި ދުވާ ޓްރެކްގައި ޖެހި އެކްސިޑެންޓްވެފައިވާ ކަމަށެވެ.
އެ އެކްސިޑެންޓް ހިނގިއިރު ސައިކަލުގެ ފަހަތުގައި އަންހެނަކު ވެސް އިން އިރު ލިބުނު އަނިޔާތަކަށް ފަރުވާދެމުން ދަނިކޮށް އޭނާ މަރުވެފައިވާ ކަމަށް ފުލުހުން ބުނެ އެވެ.
މަރުވެފައި ވަނީ 24 އަހަރުގެ ޒުވާނެކެވެ.
އެ މައްސަލަ ތަހުގީގު ކުރަމުން އަންނަ ކަމަށް ފުލުހުން ބުނެ އެވެ.