ads
މޯލްޑިވްސް މީޑިއާ ކައުންސިލް-- ފޮޓޯ: އެމްއެމްސީ
މީޑިއާ ކައުންސިލް އިބްތިހާބު އަންނަ ހޮނިހިރު ދުވަހު
މޯލްޑިވްސް މީޑިއާ ކައުންސިލްގެ އިންތިހާބު އަންނަ ހޮނިހިރު ދުވަހު ބާއްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ހޯމް މިނިސްޓްރީން ބުނީ މީޑިއާ ކައުންސިލުގެ ގާނޫނުގެ ހަތަރު ވަނަ މާއްދާގެ ދަށުން އިންތިހާބުކޮށްފައިވާ މީޑިއާ ކައުންސިލްގެ ފަސް ވަނަ ދައުރު، އަންނަ މަހުގެ 11 އަށް ހަމަވާ ކަމަށެވެ.

އެ ކައުންސިލަށް އަލުން މެންބަރުން އިންތިހާބުކުރުމަށް ބާއްވާ އިންތިހާބު، އަންނަ މަހުގެ ފަސް ވަނަ ދުވަހުގެ ހެނދުނު 11:00 އިން 12:00 ޖަމާލުއްދީން ސްކޫލްގައި ބޭއްވުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ބުނެ އެވެ. 

މީޑިއާ ކައުންސިލަށް 28 ފަރާތަކުން ކުރިމަތިލާފައިވެ އެވެ. 

އިންތިހާބުގައި މީޑިއާ ކައުންސިލްގެ މީޑިއާގެ މެންބަރުކަމަށް 14 ފަރާތަކުން ކުރިމަތިލާފައި ވާއިރު، މީޑިއާ ކައުންސިލްގެ އާންމުންގެ މެންބަރުކަމުގެ މަގާމަށްވެސް 14 ފަރާތަކުން ވަނީ ކުރިމަތިލާފަ އެވެ.

މި އިންތިހާބުގައި ވޯޓުލެވޭނީ ރަޖިސްޓްރީކޮށްފައިވާ ނޫސްތަކަށާއި އަދި ބްރޯޑްކާސްޓަރުންގެ ތެރެއިން ކޮންމެ މީޑިއާއެއްވެސް ތަމްސީލުކުރައްވާ އެއް ފަރާތަކަށެވެ. 

މީޑިއާ ކައުންސިލުގެ މައިނގަޑު މަސައްކަތަކީ މީޑިއާގެ މިނިވަންކަން ގާނޫނު ތަންދޭ ގޮތުގެމަތިން ވީހާވެސް ފުޅާދާއިރާއެއްގައި އެކަށައަޅައި އާލާކޮށް ދެމެހެއްޓުމެވެ. އަދި ޒިންމާދާރު ގޮތެއްގައި ހަރަކާތްތެރިވާ މީޑިއާއެއް ގާއިމްކޮށް، ދިވެހި މުޖުތަމައު ގަބޫލުކުރާ އަހުލާގީ އަދި ސުލޫކީ މިންގަނޑުތައް ހިފަހައްޓާ މީޑިއާއެއް ރާއްޖޭގައި ގާއިމުކޮށް ދެމެހެއްޓުމެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް