ads
ރައީސް މުހައްމަދު ނަޝީދު-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
"އާސްކް ސްޕީކާ"ގެ ދެވަނަ ޕްރޮގްރާމެއް ޑިސެމްބަރު 7 ގައި
ރައްޔިތުންގެ މަޖިލީހާއި ގުޅޭގޮތުން ކުރުމަށް ބޭނުންވާ ސުވާލުތަކަށް ޖަވާބު ދެއްވުމަށް ރައީސް މުހައްމަދު ނަޝީދު "އާސްކް ސްޕީކާ" ޕްރޮގްރާމްގެ ދެވަނަ ޕްރޮގްރާމެއް ބޭއްވުމަށް ނިންމައިފި އެވެ.

"އާސްކް ސްޕީކާ" ޕްރޮގްރާމްގެ ދެ ވަނަ ޕްރޮގްރާމް ބޭއްވުމަށް ހަމަޖެހިފައިވަނީ ޑިސެމްބަރު ހަތް ވަނަ ދުވަހުގެ ރޭގެ 09:00 ގަ އެވެ. 

މަޖިލީހުގެ އިދާރާއިން ބުނެފައިވަނީ މި ޕްރޮގްރާމުގައި ރައްޔިތުންގެ ސުވާލުތަކަށް ރައީސް ނަޝީދު ވަގުތުން ޖަވާބު ދެއްވާނެ ކަމަށެވެ. 

ރައީސް ނަޝީދާއި ސުވާލުކުރުމަށް ބޭނުންފުޅުވާ ފަރާތްތަކަށް، ސުވާލު ފޮނުވުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށާއި، އެގޮތުން ސުވާލު ފޯނުން ވީޑީއޯ ކުރުމަށްފަހު ފޮނުވައިގެން ނުވަތަ މެސެޖު މެދުވެރިކޮށް ކުރެވޭގޮތަށް ހަމަޖައްސާފައިވާ ކަމަށް މަޖިލީހުގެ އިދާރާއި މައުލޫމާތުދެ އެވެ. އަދި ލައިވްކޮށް ސުވާލުކުރުމަށް ބޭނުންވާ ފަރާތްތަކަށް ނަން ނޯޓް ކުރުމުގެ ފުރުސަތު ހުޅުވާލާފައިވާ ކަމަށްވެސް ބުނެފައިވެ އެވެ.

"އެގޮތުން ސުވާލު ކުރައްވާ ފަރާތުގެ ނަމާއި ކުރައްވަން ބޭނުންފުޅުވާ ސުވާލު ފޮނުވާނީ 7 ޑިސެމްބަރު 2020 ވާ ހޯމަ ދުވަހުގެ މެންދުރު 02:00 ގެ ކުރިން ރައްޔިތުންގެ މަޖިލީޙުގެ އިދާރާގެ މީޑިއާ ސެކްޝަންގެ ހޮޓްލައިން ނަމްބަރު 7234566 އަށެވެ." މަޖިލީހުގެ އިދާރާއިން ބުނެފައިވެ އެވެ. 

"އާސްކް ސްޕީކާ" ޕްރޮގްރާމަކީ ރައްޔިތުންގެ މަޖިލީހުގެ އިދާރާގެ އިސްނެގުމަކަށް، މަޖިލީހުގެ އިދާރާއިން ޕިއެސްއެމް އާ ގުޅިގެން ކުރިއަށް ގެންދާ ޕްރޮގްރާމެކެވެ. އަދި މިއީ މިގޮތަށް ބާއްވާ ދެވަނަ ޕްރޮގްރާމެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް