ads
ފޮޓޯ: މޯލްޑިވްސް އިންޑިޕެންޑެންޓް
ކޮންޓްރެކްޓް މުވައްޒަފުން ރީ-އެޕޮއިންޓްކުރުން އިދާރާތަކަށް ދޫކޮށްލައިފި
ދިވެހި ސިވިލް ސާވިސްގެ ގާނޫނާއި، ގަވާއިދާއި މިންގަނޑުތަކާ އެއްގޮތަށް ވަޒީފާގައި ވަގުތީގޮތުން ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މުވައްޒަފުންގެ ކޮންޓްރެކްޓް މުއްދަތު ހަމަވުމުން، ކޮންޓްރެކްޓް އާކުރުން މިއަދުން ފެށިގެން އިދާރާތަކުން ކުރާގޮތަށް ސިވިލް ސާވިސް ކޮމިޝަނުން ހަމަޖައްސައިފި އެވެ.

މީގެ ކުރިން އޮންނަ ގޮތުން ވަޒީފާއާ ގުޅޭ މަސައްކަތްތައް އެޕްރޫވް ކުރާނީ ސީދާ ސިވިލް ސާވިސް ކޮމިޝަނުންނެވެ.  އެހެންނަމަވެސް އެގޮތަށް އޮތްއޮތުން، ދިވެހި ސިވިލް ސާވިސްގެ ގާނޫނުގެ ނުވަ ވަނަ މާއްދާގެ (ނ) ގައިވާ ގޮތުގެ މަތިން އިދާރާތަކަށް ދޫކޮށްލުމުގެ މަސައްކަތް ކޮމިޝަނުން ފެށިއެވެ.

އެގޮތުން، ސިވިލް ސާވިސްގެ އިދާރާތަކުގެ ވަޒީފާގައި ވަގުތީގޮތުން ކޮންޓްރެކްޓް އުސޫލުން ގެންގުޅޭ މުވައްޒަފުންގެ ކޮންޓްރެކްޓް މުއްދަތު ހަމަވުމުން، ދިވެހި ސިވިލް ސާވިސްގެ ގާނޫނާއި، ގަވާއިދާއި، އުސޫލްތަކާއި މިންގަނޑުތަކާ އެއްގޮތަށް އެ މުވައްޒަފުންގެ ކޮންޓްރެކްޓް އައުކޮށް "ސީއެސްވިއުގަ" އިން އަދާހަމަކުރުމުގެ މަސައްކަތް މިއަދުން ފެށިގެން އިދާރާތަކުން ކުރާގޮތަށް ކޮމިޝަނުން މިހާރު ވަނީ ހަމަޖައްސާފައެވެ.

އެ ނިންމުމާ ގުޅިގެން، މިއަދުން ފެށިގެން ކޮންޓްރެކްޓް ރީ-އެޕޮއިންޓްމަންޓްއާ ގުޅޭ ހުރިހާ ރިކުއެސްޓެއް އެޕްރޫވްކުރާނީ އެ އިދާރާއަކުން ނުވަތަ މަސްއޫލު އޮފީހެއްގެ ދަށުގައި ހުރި އިދާރާއެއް ނަމަ، މަސްއޫލު އޮފީހުން ކަނޑައަޅާގޮތެއްގެ މަތިން ކަމަށްވާތީ، އެ މަސައްކަތް ކުރުމުގެ އެޕްރޫވަލް ލިބިގަތުމަށް އިދާރާތަކުން އަމަލުކުރަން ޖެހޭ ގޮތަތަކެއް ވަނީ ކަނޑައަޅާފައެވެ. 

އެގޮތުން ކޮންޓްރެކްޓް ރީ-އެޕޮއިންޓްމަންޓުގެ މަސައްކަތް ކުރުމާ ގުޅޭގޮތުން އެ ކޮމިޝަނުން އާންމުކޮށްފައިވާ އުސޫލުތަކާއި، ޔޫޒާ މެނުއަލްއާއި، ސްޓޭންޑާޑް އޮޕަރޭޓިން ޕްރޮސީޖާއަށް ކަމާގުޅޭ ހުރިހާ މުވައްޒަފުން އަހުލުވެރިވުމާއި ކޮންޓްރެކްޓް ރީ-އެޕޮއިންޓްމަންޓުގެ މަސައްކަތްކުރުމުގެ ހުއްދަ ލިބިގަންނަ މުވައްޒަފުން ފުރިހަމަކުރަންޖެހޭ ތަމްރީނުތައް ސިވިލް ސާވިސް ޓްރެއިނިން އިންސްޓިޓިއުޓް މެދުވެރިކޮށް ފުރިހަމަކޮށް، ޓްރެއިނިންގެ އިވެލުއޭޝަން ފުރިހަމަކުރުމުގެ އިތުރުން ވަޒީފާއާ ގުޅޭ މަސައްކަތްތައް "ސީއެސް ވިއުގަ" މެދުވެރިކޮށް ކުރާ މުވައްޒަފުންގެ އިގުރާރު ފޯމު ފުރިހަމަކޮށް ކޮމިޝަނަށް ފޮނުވައި، "ސީއެސްވިއުގަ" އިން ބޭނުންވާ އެޕްރޫވަލް ހުއްދަ ލިބިގަތުން ހިމެނެއެެވެ.

ކޮމިޝަނުން ބުނީ ކޮންޓްރެކްޓް އިދާރާތަކަށް ދޫކޮށްލެވޭ މަސައްކަތްތަކުގެ ތަފްސީލާއި، މަސައްކަތާ ގުޅޭ ޔޫޒާ މެނުއަލްއާއި ސްޓެންޑާޑް އޮޕަރޭޓިން ޕްރޮސީޖާތައް އަދި ޓްރެއިނިންގެ އިވެލުއޭޝަން ފޯމު ސިވިލް ސާވިސް ކޮމިޝަނުގެ ވެބްސައިޓުގެ ޑައުންލޯޑްސްގެ ދަށުގައިވާ 'ޑީސެންޓްރަލައިޒޭޝަންއާ ގުޅޭ' ޕޭޖް އިން ލިބޭނެކަމަށެވެ.

ކޮންޓްރެކްޓް ރީ-އެޕޮއިންޓްމަންޓް ތަމްރީނު ފުރިހަމަކޮށް ފާސްވި ކަމުގައި ބަލަނީ، އޮންލައިން ތަމްރީނުގައި ބައިވެރިވެ، ތަމްރީނު ފުރިހަމަކުރުމަށް ފަހު، ކުރެވޭ އިވެލުއޭޝަނުން 75 އިންސައްތަ އަށް ވުރެ މަތިން ހޯދުމުންނެވެ.

އިދާރާތަކުގެ ކަމާގުޅޭ މުވައްޒަފުން އެ މަރުހަލާތައް ފުރިހަމަކޮށް ކޮންޓްރެކްޓް ރީ-އެޕޮއިންޓްމަންޓް މަސައްކަތްކުރުމުގެ ހުއްދަ ޑިސެންބަރު 15 ވަނަ ދުވަހުގެ ކުރިން ހޯއްދަވަންވާނެކަމަށް ކޮމިޝަނުން ބުނެއެވެ. އެ މުއްދަތުގައި ހުއްދަ ނުހޯދާ މުވައްޒަފުން ކޮންޓްރެކްޓް ރީ-އެޕޮއިންޓްމަންޓްއާ ގުޅޭ މަސައްކަތްކުރުމަށް "ސީއެސް ވިއުގަ" އިން މިހާރު ދީފައިވާ ހުއްދަ ބާތިލުކުރެވޭނެ ކަމަށް ކޮމިޝަނުން ބުނެއެވެ.

ކޮމިޝަނުން ބުނީ ޑިސެންބަރު 15 ވަނަ ދުވަހާ ހަމައަށް އިދާރާތަކުން ފޮނުއްވާ ކޮންޓްރެކްޓް ރީ-އެޕޮއިންޓްމަންޓް ރިކުއެސްޓްތައް އެކޮމިޝަނުގެ ރެކްރޫޓްމަންޓް ސެކްޝަނުން އެޕްރޫވްކުރި ނަމަވެސް، އެ ތާރީހުގެ ފަހުން އެ ކޮމިޝަނުގެ ބަދަލުގައި އެ ފަދަ ރިކުއެސްޓްތަކާ ގުޅޭ އެންމެހައި މަސައްކަތްކުރާނީ އެ އިދާރާއަކުން ކަމަށެވެ.

އަދި ވަޒީފާގެ މަސައްކަތްތައް އިދާރާތަކަށް ދޫކޮށްލުމާ ގުޅިގެން "ސީއެސްވިއުގަ" ތެރެއިން ތައްޔާރުކުރެވޭ ޗިޓުތަކުގައި އެ އިދާރާއެއްގެ ވެރިއަކު ސޮއިކުރުމުގެ ބަދަލުގައި ބޭނުންކުރާނީ ކޮމިޝަނުގެ ތައްގަނޑުކަމަށް އެ ކޮމިޝަނުން ބުނެއެވެ.

އޭގެ އިތުރުން ކޮމިޝަނުން ބުނީ ކޮންޓްރެކްޓް ރީ-އެޕޮއިންޓްކުރުމުގެ އެޕްރޫވަލް އިދާރާތަކުން ކުރާގޮތަށް ކޮމިޝަނުން ހަމަޖެއްސި ނަމަވެސް، އިދާރާތަކުން އެ މަސައްކަތް ކުރަމުންދާގޮތް ސިސްޓަމް މެދުވެރިކޮށް ކޮމިޝަނުން ދުވަހުން ދުވަހަށް ޕްރޮސެސް އޮޑިޓިން ހަދަމުން ގެންދާނެ ކަމަށެވެ.

އަދި ކަނޑައަޅާފައިވާ އުސޫލުތަކާއި މިންގަނޑުތަކާ އެއްގޮތަށް އަމަލުނުކުރާ އިދާރާތަކުގެ މުވައްޒަފުންނަށް ދިވެހި ސިވިލް ސާވިސްގެ ގާނޫނާއި ގަވާއިދުގައިވާ ގޮތުގެ މަތިން ފިޔަވަޅު އަޅަމުންގެންދާނެ ކަަމަށްވެސް ކޮމިޝަނުން ބުނެފައިވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް