ރައީސް އޮފީހުން ބުނީ ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުމަށް ހިންގާ ގައުމީ ކެމްޕޭނުގެ ލޯގޯއާއި ޝިއާރު، ޑިސެންބަރު މަހުގެ 1 ވާ އަންގާރަ ދުވަހުން ފެށިގެން، ކުރިއަށް އޮތް އެއްއަހަރު ދުވަހުގެ މުއްދަތަށް، ސަރުކާރުގެ ރަސްމީ ސިޓީތަކާއި ނޯޓުތަކުގައި، ޖެހުމަށް ހަމަޖެހިފައިވާ ކަމަށެވެ.
ޖެންޑާ މިނިސްޓްރީން ހިންގާ، ގެވެށި އަނިޔާއިން ރައްކާތެރިވެފައިވާ މުޖުތަމައެއް ބިނާކުރުމުގެ ގައުމީ ކެމްޕޭނުގައި ބޭނުންކުރުމަށްޓަކައި، ކަނޑައަޅާފައިވާ ލޯގޯ އާއި ޝިއާރަކީ، "ގެވެށި އަނިޔާ ހުއްޓުވާނަން" މިއެވެ.