ads
ކޮވިޑް
މިއަދު ޕޮޒިޓިވްވީ 47 މީހުން، އަތޮޅުތެރެއިން އެއްވެސް މީހަކު ޕޮޒިޓިވް ނުވެ!
މިއަދު ރާއްޖެ އިން 47 މީހުން ކޮވިޑް-19 އަށް ޕޮޒިޓިވް ވެއްޖެ އެވެ.

ހެލްތް އިމަޖެންސީ އޮޕަރޭޝަން ސެންޓަރު (އެޗްއީއޯސީ) އިން ބުނީ ފާއިތުވި 24 ގަޑިރުގެ ތެރޭގައި ޓެސްޓު ކުރެވުނު 1829 ސާމްޕަލްގެ ތެރެއިން ޕޮޒިޓިވްވީ 47 މީހުން ކަމަށެވެ. އޭގެ ތެރެއިން 46 މީހުން ޕޮޒިޓިވް ވެފައިވަނީ މާލޭ ސަރަހައްދުންނެވެ. އަދި އަތޮޅުތަކުން މިއަދު އެއްވެސް މީހަކު ބައްޔަށް ޕޮޒިޓިވްވެފައި ނުވާއިރު، ރިސޯޓްތަކުން ޕޮޒިޓިވް ވެފައިވަނީ ދެ މީހެކެވެ. 

މިއާއިއެކު މިހާތަނަށް ރާއްޖެއިން ކޮވިޑަށް ޕޮޒިޓިވްވި މީހުންގެ އަދަދު މިވަނީ 12,994 އަށް އަރާފައެވެ.

އެކްޓިވް ކޭސްތަކުގެ އަދަދު 1039 ގައި އުޅޭއިރު 94 މީހަކަށް އަންނަނީ ހޮސްޕިޓަލްތަކުގައި ފަރުވާ ދެމުންނެވެ. 

ރާއްޖެއިން މިހާތަނަށް ކޮވިޑް-19 ޖެހުނު މީހުންގެ ތެރެއިން 11،902 މީހުން ބަލިން އެއްކޮށް ރަނގަޅުވެފައިވާ އިރު، މި ބަލީގައި 46 މީހުން ވަނީ މަރުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް