ads
މަދިރި އެއް
ކޮވިޑަށް ވުރެ މެލޭރިއާ ޖެހިގެން މަރުވާ މީހުން ގިނަވާނެ
އެފްރިކާގެ ދެކުނުގެ ގައުމުތަކުގައި ކޮވިޑް-19 ގައި މަރުވާ މީހުންނަށް ވުރެ މެލޭރިއާ ޖެހިގެން މަރުވާ މީހުންގެ އަދަދު ގިނަވާނެ ކަމުގެ އިންޒާރު ޑަބްލިއުއެޗްއޯ އިން ދީފި އެވެ.

ފާއިތުވެގެން ދިޔަ އަހަރުގައި 409،000 އަށް ވުރެ ގިނަ މީހުން މެލޭރިއާގެ ސަބަބުން މަރުވެފައިވާ އިރު، އޭގެ ތެރޭގައި އެފްރިކާގެ ފަގީރު ސަރަހައްދުގައި ދިރިއުޅޭ ތުއްތު ކުދިން ހިމެނޭ ކަމަށް ޑަބްލިއުއެޗްއޯ އިން ދާދިފަހުން ނެރުނު މެލޭރިއާ ރިޕޯޓްގައިވެ އެވެ.

ކޮވިޑް-19 ގެ ސަބަބުން މެލޭރިއާ އަށް ފަރުވާ ދިނުމަށް ދަތިވެފައިވުމުގެ ސަބަބުން 20،000 އާއި 100،000 އާއި ދެމެދުގެ އަދަދަކަށް މަރުވާ މީހުން އިތުރުވާނެ ކަމަށް ލަފާކުރެވޭ ކަމަށާއި، އޭގެ ތެރޭގައި ގިނައިން ހިމެނޭނީ އެފްރިކާގެ ފަގީރު ސަރަހައްދުތަކުގައި ދިރިއުޅޭ ތުއްތު ކުދިން ކަމަށް ޑަބްލިއުއެޗްއޯގެ މެލޭރިއާ ޕްރޮގްރާމްގެ ޑައިރެކްޓަރު ޕެޑްރޯ އަލޮންސޯ ވަނީ ވިދާޅުވެފަ އެވެ.

ޑަބްލިއުއެޗްއޯ އިން އާންމުކުރި އެ ރިޕޯޓްގައިވާ ގޮތުން މިދިޔަ އަހަރު އެކަނިވެސް 229 މިލިއަނަށް ވުރެ ގިނަ މީހުންނަށް މެލޭރިއާ ޖެހިފައިވާ ކަމަށާއި، ކޮވިޑް-19 ގެ ދަތި ހާލަތުގައިވެސް ގައުމުތަކުން މެލޭރިއާ ކޮންޓްރޯލް ކުރުމަށް މަސައްކަތް ކޮށްފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ފާހަގަ ކުރެއެވެ.

މެލޭރިއާ ޖެހިގެން ކޮންމެ ދެ މިނެޓަކުން ތުއްތު ކުއްޖަކު ދުނިޔެ ދޫކުރާ އިރު، އެ ބަލީގައި މަރުވާ ކުދިންގެ އަދަދު މަދުކުރެވިފައިވާ ކަމަށް ޑަބްލިއުއެޗްއޯ އިން ބުނެފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް