ads
ޖޯ ބައިޑެން--
އެމެރިކާގެ އިންތިހާބީ ރައީސް ބައިޑެންގެ ފައި ބިނދިއްޖެ
އެމެރިކާގެ އިންތިހާބީ ރައީސް ޖޯ ބައިޑެންގެ ކުއްތާތަކާއެކު ކުޅެނިކޮށް ފަޔަށް އަނިޔާވެ، ބިނދިފައިވާ ކަމަށް ޑޮކްޓަރުން ބުނެފި އެވެ.

އެ އަނިޔާއާ ގުޅިގެން ހަފްތާތަކެއް ވަންދެން ހާއްސަ ބޫޓަކަށް އަރަން ޖެހޭނެ އެވެ. އެކްސްރޭއިން ދެއްކި ގޮތުގައި ފައިގެ ކަޑގަނޑުގައި ކުދި ރެނދު ލާފައި އެބަ ހުއްޓެވެ. 

ބައިޑެންގެ ސްކޭންތައް ހަދާ ފަރުވާ ދީފައި ވަނީ ޖީޑަބްލިއު މެޑިކަލް ފެކަލްޓީ އެސޯސިއޭޓްސް އިންނެވެ. އަދި ބައިޑެން ދައްކާފައި ވަނީ ކަށީގެ ހާއްސަ ޑޮކްޓަރަކަށް އިއްޔެ އެވެ. 

އުމުރުން 78 އަހަރުގެ ބައިޑެން އަންނަ ޖެނުއަރީ މަހު މަގާމުގެ ހުވާ ކުރުން އޮންނާނެ އެވެ. ނަމަވެސް މިހާރުގެ ރައީސް ޑޮނަލްޑް ޓްރަމްޕް މިހަތަނަށް ބަލި ގަބޫލު ކުރައްވާފައެއް ނުވެ އެވެ. 

33%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
67%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް