ads
މެމްބަރު ހަސަން އަފީފް-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
އެމްއެމްޕީއާރްސީ މައްސަލަ އޮތީ ވަޅުޖެހިފައި: އަފީފް
ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ވެރިކަމުގައި ހިންގި އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލައިގެ ތަހުގީގު ވަޅުޖެހިފައިވާ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ވިލުފުށީ ދާއިރާގެ މެމްބަރު ހަސަން އަފީފް ވިދާޅުވެއްޖެ އެވެ.

ސަރުކާރުގެ ފަރާތުން ހުށަހަޅާފައިވާ މީހުން ޓްރެފިކް ކުރުން ހުއްޓުވުމުގެ ގާނޫނަށް އިސްލާހު ހުށަހެޅުމުގެ ބިލަށް ވާހަކަ ދައްކަވަމުން އަފީފް ވިދާޅުވީ، މީހުން ޓްރެފިކް ކުރުމަކީ ރާއްޖޭގައި ވަރަށް ދުވަސްވަންދެން ހިނގަމުން އައިސްފައިވާ ކަމެއްކަމަށެވެ. އަފީފް ވިދާޅުވީ އެކަން މައްސަލައަކަށް ވީ ދައުލަތުގެ ފަރާތުން ކަންތައްތައް އިސްލާހުކޮށް މައްސޫލިޔަތު އަދާކުރަން ތިއްބެވި ބޭފުޅުން މިފަދަ ވައްކަން ކުރުމުން ކަމަށެވެ. 

އަފީފް ވިދާޅުވީ ގާނޫނުތައް ހެދިދާނެ ކަމަށާއި، އަދި އިސްލާހުވެސް ކުރެވިދާނެ ކަމަށެވެ. އެހެން ނަމަވެސް މައްސަލައަކީ ގާނޫނު ނެތުން ނޫންކަމަށާއި، މައްސަލައަކީ މައްސޫލިޔަތު ނަގަންތިބޭ ފަރާތްތަކުން ގާނޫނަށް ބޯނުލެނބުން ކަމަށެވެ. 

ކޮރަޕްޝަން ހުއްޓުވުމުގެ ގާނޫނުވެސް މަޖިލީހުން ފާސްކޮށްފައި އޮތްނަމަވެސް ކޮރަޕްޝަންވެސް ނުހުއްޓުވިގެން އުޅޭކަން އަފީފް ފާހަގަކުރެއްވި އެވެ. އަފީފް ވިދާޅުވީ އެންމެބޮޑަށް ދެކެވޭ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ މައްސަލަވެސް މިހާރު އޮތީ ވަޅުޖެހިފައިކަމަށެވެ. 

"އަޅުގަނޑުމެން އެންބާރުލާފަ ވާހަކަދައްކަނީ އެމްއެމްޕީއާރްސީގެ ހިޔާނާތުގެ ވާހަކަ. އެ މިހާރުވެސް އޮތީ ގާތްގަނޑަކަށް ވަޅުޖެހިފައި އެ މައްސަލަ."

އަފީފް ވިދާޅުވީ އެމްއެމްޕީއާރްސީގެ ހިޔާނާތުގައި ބައިވެރިވި އެތައްބަޔަކު މިނިވަންކަމާއި އެކު އުޅެމުންއަންނަ ކަމަށެވެ. އެމައްސަލަ ނުބެލެނީ މިސަރުކާރުގައި ހިމެނޭ ބައެއް ފަރާތްތައްވެސް އޭގެ ތެރޭގައި ހިމެނޭތީ ކަމަށް އަފީފް ތުހުމަތުކުރެެއްވި އެވެ. 

ރާއްޖެ އެންމެ ދަތިހާލުގައި ވަނިކޮށް ކޮވިޑް-19 ގެ ބަލިމަޑުކަމުގެ ތެރޭގައި ވެންޓިލޭޓަރު ގެނައުމުގެ ކަންކަމުންވެސް ހިޔާނާތް ހިންގާފައިވާކަން ފާހަގަކޮށް އަފީފް ވިދާޅުވީ އޭރުގެ ހެލްތް މިނިސްޓަރު އަބްދުﷲ އަމީނެކޭ އެއްވަރަށް ފިނޭންސް މިނިސްޓަރު އިބްރާޙިމް އަމީރްވެސް އެކަމުގެ ޒިންމާ ނަގަންޖެހޭނެ ކަމަށެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް