ads
މިނިސްޓަރު ޝާހިދު--
ފަލަސްތީނު ސަފީރު ޝާހިދަށް: އަގްސާ މިސްކިތުގައި އެކުގައި ނަމާދު ކުރެވޭނެ ދުވަހެއް އަންނާނެ
އަލް އަގްސާ މިސްކިތުގައި އެކުގައި ނަމާދު ކުރެވޭނެ ދުވަހެއް އަންނާނެ ކަމުގެ ޔަގީން ކަން އެބަ އޮތް ކަމަށް ވިދާޅުވެ ފަލަސްތީނުގެ ސަފީރު ވާލިދު އަބޫ އަލީ، ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދަށް ޝުކުރު ދަންނަވައިފި އެވެ.

ފަލަސްތީނުގެ ރައްޔިތުންނާއެކު ތިބި ކަން އަންގައިދިނުމަށް ބައިނަލްއަގްވާމީ ގޮތުން ފާހަގަކުރާ ދުވަހު ޝާހިދު ވަނީ ފަލަސްތީނުގެ ރައްޔިތުންނަށް ރާއްޖޭގެ ތާއީދު އޮތް މިންވަރު ހާމަކުރައްވައިފި އެވެ.

އެގޮތުން ޝާހިދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވެފައި ވަނީ ފަލަސްތީނު ރައްޔިތުންނަށް ރާއްޖޭގެ ތާއީދު އޮންނާނެ ކަމުގެ ފުރިހަމަ ޔަގީން ކަން ދޭ ކަމަށެވެ.

އަދި މެދުއިރުމަތީގެ ކުރިއެރުމަށް ފަލަސްތީނުގައި ސުލްހަ މަސަލަސްކަން އޮތުން ވަރަށް މުހިއްމު ކަމަށް ވެސް ޝާހިދުގެ ޓްވީޓުގައި ވިދާޅުވެފައި ވެއެވެ. 

ޝާހިދު އެހެން ވިދާޅުވުމާ ގުޅިގެން ފަލަސްތީނުގެ ސަފީރު ވާލިދު އަބޫ އަލީ ކުރެއްވި ޓްވީޓެއްގައި ވަނީ ޝުކުރު އަދާކޮށްފަ އެވެ.

"އަލް އަގްސާ މިސްކިތުގައި އަޅުގަނޑުމެން އެކުގައި ނަމާދު ކުރެވޭނެ ދުވަހެއް އަންނާނެ ކަން އަޅުގަނޑުމެންނަށް ޔަގީން،" އޭނާ ވިދާޅުވި އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް