ads
މޭޔަރު ޝިފާ މުހައްމަދު--
މާރުކޭޓްތަކާއި މިސްކިތްތަކުގައި ނިދައި ކައިބޮއިހަދާނަމަ ފިޔަވަޅު އަޅާނަން: ސިޓީ ކައުންސިލް
މާރުކޭޓްތަކާއި، މިސްކިތްތަކާއި، ޕާކްތަކާއި މިފަދަ އިޖްތިމާއީ ތަންތަނުގައި ނިދައި ކައިބޮއި ހަދައި ދިރިއުޅޭގޮތަށް އުޅޭނަމަ އެފަދަ ފަރާތްތަކާ ދޭތެރޭ ގަވައިދުން ފިޔަވަޅުއަޅާނެކަމަށް މާލޭ ސިޓީ ކައުންސިލުން ބުނެފި އެވެ.

މާލޭ ސިޓީ ކައުންސިލުން ކޮށްފައިވާ އިއުލާނެއްގައި ބުނެފައިވަނީ، ވަންނާނެ ވަކި ބޯހިޔާވަހިކަމެއް ނެތި މާލޭ ސިޓީގެ މަގުތަކުގައި ދިރިއުޅެމުންދާ ފަރާތްތަކުގެ މައްސަލައަށް ހައްލެއް ހޯދުމުގެ މަސައްކަތް، ސަރުކާރުގެ ކަމާބެހޭ އިދާރާތަކާ އަމިއްލަ ޖަމިއްޔާތަކާ ގުޅިގެން ފަށާފައިވާ ކަމަށެވެ. 

ސިޓީ ކައުންސިލުން ބުނެފައިވަނީ މާލޭ ސިޓީގެ މާރުކޭޓްތަކާއި، މިސްކިތްތަކާއި، ޕާކްތަކާއި މިނޫންވެސް މިފަދަ އިޖްތިމާއީ ތަންތަނުގައި ނިދައި ކައިބޮއި ހަދައި، ދިރިއުޅެމުންދާ ފަރާތްތައް އެފަދަ ތަންތަނުގައި ދިރިއުޅޭ ފަދަ ގޮތަކަށް އުޅުމަކީ ކުރިންވެސް މަނާ ކުރެވިފައިވާ ކަމެއްކަމަށެވެ. 

ޖެންޑާ މިނިސްޓްރީން ކުރިއަށް ގެންދާ ޕްރޮގްރާމަކީ، މިފަދަ ފަރާތްތަކަށް ބޭނުންވާ އިޖްތިމާއި ހިދުމަތްތަކާއި ވަގުތީ ރައްކާތެރިކަން ކަށަވަރުކޮށްދީ، ބޭނުންވާ އަސާސީ ހައްގުތައްކަމަށްވާ ކާބޯތަކެއްޗާއި، އަންނައުނާއި، ބޯހިޔާވަހިކަން ހޯދައިދީ އެފަރާތްތަކުގެ އިންސާނީ އަސާސީ ހައްގުތައް ކަށަވަރުކުރުމަށްޓަކައި ކުރަންފެށިފައިވާ މަސައްކަތުގެތެރެއިން ހާލަތު ވަޒަންކޮށް ގޮތް ނިންމުމުގެ މަރުހަލާގެ ކުރިން ބޭނުންވާ ރައްކާތެރިކަން ފޯރުކޮށްދިނުމަށް ކުރައްވާ މަސައްކަތަކަށް ވާތީ، މިފަދަ ހުރިހާ ފަރާތަކުންވެސް މި ޕްރޮގްރާމަށް އެއްބާރުލުންދެއްވައި، ޕްރޮގްރާމްގައި ބައިވެރިވުމަށް ސިޓީ ކައުންސިލުން ނެރެފައިވާ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ. 

ސިޓީ ކައުންސިލުން ބުނެފައިވަނީ ސަރުކާރުން މި ފަދަ ޕްރޮގްރާމެއް އިއުލާންކުރުމުން އެ ޕްރޮގްރާމްގައި ބައިވެރިނުވެ މާރުކޭޓްތަކާއި، މިސްކިތްތަކާއި، ޕާކްތަކާއި މިނޫންވެސް މިފަދަ އިޖްތިމާއީ ތަންތަނުގައި ނިދައި ކައިބޮއި ހަދައި ދިރިއުޅޭގޮތަށް އުޅޭނަމަ އެފަދަފަރާތްތަކާ ދޭތެރޭ ގަވައިދުން ފިޔަވަޅުއަޅާނެކަމަށެވެ. 

0%
ކަމުގޮސްފި
25%
އަޑުއެހިތާ މިހުރީ
75%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް