ads
ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް--
މިމަހުގެ 16 ގެ ކުރިން އެއްލައްކަ ފަތުރުވެރިން ގެންނަން މަސައްކަތް ކުރަނީ
މިމަހުގެ 16 ވަނަ ދުވަހުގެ ކުރިން ރާއްޖެއަށް އެއް ލައްކަ ފަތުރުވެރިން ގެނައުމަށް އަމާޒު ކަނޑައަޅާފައިވާކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވިދާޅުވެއްޖެ އެވެ.

ޓޫރިޒަމް މިނސްޓަރު ކުރެއްވީ ޓްވީޓެއްގައި ވިދާޅުވީ ރާއްޖޭގެ ފަތުރުވެރިކަން ކުރިއެރުން ހޯދަމުންދާ ކަމަށެވެ. އަދި ޑިސެންބަރު މަހުގެ 25 ވަނަ ދުވަހުގެ ނިޔަލަށް މިއަހަރު ރާއްޖެއަށް ޒިޔާރަތްކުރި ޖުމްލަ ފަތުރުވެރިންގެ އަދަދު ފަސް ލައްކައަށް އެރުވުމަށް މަސައްކަތް ކުރަމުންދާކަމަށް ވެސް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު މައުސޫމް ވިދާޅުވީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހާއި އަޅާބަލާއިރު މިއަހަރުގެ ނޮވެމްބަރު މަހު ބައެއް މާކެޓްތަކުން ކުރިއެރުން ހޯދާފައިވާ ކަމަށެވެ. ކުރިއެރުން ހޯދާފައިވާ މާކެޓްތަކުގެ ތެރޭގައި އިޖިޕްޓް، ކަޒަކިސްތާން، ރަޝިއާ، ބްރެޒިލް އަދި ޔޫކްރެއިން ހިމެނޭކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ރެކޯޑު އަދަދަކަށް ފަތުރުވެރިން އައިސް މިދިޔަ އަހަރު ނިންމާލިއިރު އުއްމީދު ކުރެވިގެންދިޔައީ މިއަހަރު އެ އަދަދަށް ވުރެ އިތުރަށް ފަތުރުވެރިން އަންނާނެ ކަމަށެވެ. ނަމަވެސް އަހަރު ފެށިގެން މާގިނަދުވަހެއްނުވެ މުޅި ދުނިޔެއަށް ކުރިމަތިވި ސިއްހީ އެންމެ ބޮޑު ކާރިސާއާއެކު ރާއްޖޭގެ ފަތުރުވެރިކަން އަދި މުޅި ދުނިޔޭގެ ފަތުރުވެރިކަން ވެސް ވަނީ ހުއްޓުމަކަށް އައިސްފަ އެވެ. ކޮވިޑް-19 ގެ ސަބަބުން ރާއްޖޭގެ ބޯޑަރު މާޗް މަހުގެ ތެރޭގައި ބަންދުކޮށް، ޖުލައި މަހުގެ 15 ވަނަ ދުވަހު ވަނީ އަލުން ހުޅުވާފަ އެވެ.        

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް