ads
ފޮޓޯ؛ ޓްވިޓާ
ޓެލިކިލާސްތައް އިތުރަށް ތަރައްގީވުމަށް އުންމީދުކުރަން: މިނިސްޓަރު
ޓެލިކިލާސް ސެޝަންތައް އިތުރަށް ތަރައްގީވެ، ދަރިވަރުންގެ ކިޔެވުމަށް އިތުރު އެހީއަަކަށް އެ ކްލާސްތައް ވެގެން ދިޔުމަކީ އުންމީދެއްކަމަށް އެެޑިއުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވިދާޅުވެއްޖެ އެވެ.

މިނިސްޓަރު އެގޮތަށް ވިދާޅުވެފައިވަނީ ކޮވިޑް-19 ގެ ހާލަތުގައި ދަރިވަރުންނަށް ގޭގައި ތިބެގެން އުނގެނުމުގެ ފުރުސަތު ފަހިކޮށްދިނުމަށް ޓެލިކިލާސް ވުޖޫދުކޮށް ކުރިއަށް ގެންދިއުމުގައި އެހީތެރިވެދެއްވި ހުރިހާ ބޭފުޅުންނާ، އޮންލައިންކޮށް ރޭ ބޭއްވި ބައްދަލުވުމެއްގަ އެވެ. މިނިސްޓަރު ވަނީ އެބޭފުޅުންނަށް އެކަމަށްޓަކައި ޝުކުރު އަދާކުރައްވާފަ އެވެ.

މިނިސްޓަރު ވިދާޅުވީ، ދަރިވަރުންގެ ކިޔެވުން މެދުނުކެޑި ކުރިއަށް ގެންދިއުމަށް އުފަންކުރެވުނު ޓެލިކިލާސް ސެޝަންތައް އިތުރަށް ތަރައްގީވެ ދަރިވަރުން ކިޔެވުމުގައި ބޭނުންކުރާ އިތުރު އެހީއަކަށް އެ ކުލާސްތައް ވެގެން ދިއުމަށް އުންމީދުކުރައްވާ ކަމަށެވެ. މިނިސްޓަރު ވަނީ އެކި މުދައްރިސުން އެކި މައުލޫތައް ކިޔަވާދެއްވާ ގޮތް ދަރިވަރުންނަށް ތަޖުރިބާ ކުރެވޭނެ ވަސީލަތަކަށް ވެސް ޓެލިކިލާސްވުމަށް އުއްމީދުކުރައްވާ ކަމަށް ވިދާޅުވެފައެވެ. 

މިދިޔަ ޓާމުގެ ރިޕޯޓް ފޮތް ޑިޖިޓަލްކޮށް ބޭއްވި ހަފުލާއެއްގައި ދިނުމަށް ފަހު ސްކޫލުތައް އިއްޔެ ބަންދުކޮށްފައިވާއިރު ކޮވިޑް-19 އާ ގުޅިގެން ތައުލީމީ ދާއިރާއަށް ދިމާވެފައިވާ ގޮންޖެހުން ބޮޑެވެ. އެގޮތުން ކޮވިޑް-19 ގެ ހާލަތުގައި އެކި ފަހަރުމަތިން ސްކޫލްތަކުގައި ދަރިވަރުންނަށް ކިޔަވައި ދިނުން ހުއްޓާލަން ޖެހުނުއިރު ކޮވިޑް-19 ގެ ހާލަތު ރާއްޖޭގައި ބޮޑުވެ ސްކޫލްތަކަށް ކުދިން ގެންގޮސްގެން ކިޔަވައި ދިނުމަކީ އެންމެ ރައްކާތެރިގޮތަށް ނުވާތީ ކުދިންނަށް މުޅިންހެންވެސް ކިޔަވައިދެމުންދިޔައީ އޮންލައިންކޮށެވެ. 

ހާއްސަކޮށް ޕްރީންސްކޫލް ލެވެެލްގެ ދަރިވަރުންގެ މިއަހަރުގެ މުޅި ތައުލީމީ ދައުރު ނިމިގެންދިޔައީ އޮންލައިން ކްލާސްތަކުންނެވެ. އެކުދިންނަށް އޮންލައިންކޮށް ތައުލީމް ފޯރުކޮށް ދިނުމަށް ކުރެވުނު މަަސައްކަތުގެ ތެރެއިން އެންމެ ބޮޑު އެހީތެރިކަމެއް ލިބިގެންދިޔައީ މުޅިން އަލަށް ވުޖޫދު ކުރެވުނު ޓެލެކްލާސް ތަކެވެ.

ދަރިވަރުންނަށް އެންމެ ފުރިހަމަ ގޮތުގައި ކިޔަވައި ދިނުމަށްޓަކައި ޓެލެކްލާސްތައް ވަނީ މުޅި ރާއްޖޭގެ ހުރިހާ ހިސާބެއްގައި ކުރިއަށް ގެންގޮސްފަ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް