ads
ނެޝަނަލް ޑްރަގް އެޖެންސީ---
ޑްރަގް އޭޖެންސީ ކުރާ މަސައްކަތްތަކުގައި ޖަމްއިއްޔާ ތަކުގެ އެހީތެރިކަމަށް އެދިއްޖެ
މަސްތުވާތަކެއްޗާއި ގުޅުންހުރި އެކި ކަންތައްތަކާއި ގުޅިގެން ނޭޝަނަލް ޑްރަގް އޭޖެންސީ(އެންޑީއޭ)އިން ކުރާ މަސައްކަތްތަކުގައި މަދަނީ ޖަމްއިއްޔާ ޖަމާއަތްތަކުގެ ބައިވެރިވުމާއި އެހީތެރިކަމަށް އެ އޭޖެންސީން އެދިއްޖެ އެވެ.

އެންޑީއޭއިން ބުނީ މަސްތުވާތަކެއްޗާއި ގުޅުންހުރި އެކި ކަންތައްތަކާއި ގުޅިގެން އެ އޭޖެންސީން މަސައްކަތް ކުރާ ދާއިރާތަކުގެ ތެރެއިން އާލީއިންޓަވެންޝަން އާއި، ޕްރިވެންޝަން އެންޑް އެވެއާނެސް ގެ ދާއިރާގެ އިތުރުން އައުޓް ރީޗް އަދި ޑިޓޮޮކްސްސިިފިކޭޝަންގެ ދާއިރާއިން ޖަމިއްޔާ ޖަމާއަތްތަކުގެ އެހީތެރިކަން ބޭނުންވާ ކަމަށެވެ. 

އެހެންކަމުން އެ އޭޖެންސީއާއި ގުޅިގެން މަސައްކަތްކުރުމަށް ޝައުގުވެރިވާ މަދަނީ ޖަމްއިއްޔާ، ޖަމާއަތްތަކުން، ޝައުގުވެރިވާ ދާއިރާ ބަޔާންކޮށް ޑިސެމްބަރު 10 ވާ ބުރާސްފަތި ދުވަހުގެ 12:00 ގެ ކުރިން އެ އޭޖެންސީއަށް ސިޓީއަކުން ނުވަތަ މެއިލްއަކުން އެންގުމަށް ވަނީ އެދިފައެވެ. އަދި ޖަމްއިއްޔާތަކާއި މުއާމަލާތު ކުރުމަށް ފަސޭހަކުރުމުގެ ގޮތުން ކޮންމެ ޖަމްއިއްޔާއަކުންވެސް އެ އޭޖެންސީއާ މުއާމަލާތު ކުރާނެ ފޯކަލް ޕޮއިންޓެއް ކަނޑައަޅައި، އެފަރާތުގެ ނަމާއި، މޯބައިލް ނަމްބަރު، އަދި އީމެއިލް އެޑްރެސް ބަޔާންކޮށް، އެ އިދާރާގެ އީމެއިލް އެޑްރެސް އަށް އީމެއިލް ކުރުމަށް ވެސް އެދިފައިވެއެވެ.

“ނޭޝަނަލް ޑްރަގް އެޖެންސީ”ގެ ނަމުގައި ސަރުކާރުގެ އިދާރާއެއް އުފައްދާފައިވަނީ 2012 ވަނަ އަހަރުގެ ޖެނުއަރީ 26 ވަނަ ދުވަހު އެވެ. ނޭޝަނަލް ޑްރަގް އެޖެންސީއަކީ، ހޯމް މިނިސްޓްރީއާއި ގުޅިފައިވާ އަމިއްލަ ހައިސިއްޔަތެއް ލިބިގެން ހިންގުމުގެ މިނިވަންކަން ލިބިފައިވާ، ގަވާނިންބޯޑެއްގެ ދަށުން ހިނގަމުންދާ ތަނެއްގެ ގޮތުގައި ވަނީ ހަމަޖައްސަވާފަ އެވެ.

އެ އެޖެންސީއަކީ، މަސްތުވާތަކެއްޗާބެހޭ ގާނޫނާއި، އެ ގާނޫނާ ގުޅިފައިވާ މައިގަނޑު ސިޔާސަތުތައް، ނޭޝަނަލް ޑްރަގް ކޮންޓްރޯލް ކައުންސިލުގެ ލަފާއާއި މަޝްވަރާގެ މަތިން ރައީސް ކަނޑައެޅުއްވުމުން، އެސިޔާސަތުތައް ތަންފީޒުކުރާ ސަރުކާރުގެ މައިގަނޑު އިދާރާއެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް