ads
ބައްސާމް
ސީޒަން ފެށޭނީ ކުޅިބަލަން އާއްމުންނަށް ނުވަދެވޭ ގޮތަށް: ބައްސާމް
އާ ފުޓްބޯޅަ ސީޒަން ފެށޭއިރު ދަނޑަށް ކުޅިބަލަން ނުވަދެވޭނެ ކަމަށް އެފްއޭއެމްގެ ރައީސް ބައްސާމް އަދީލް ޖަލީލް ވިދާޅުވެއްޖެއެވެ.

ސީޒަން ފެށުމަށް އެފްއޭއެމުން ހަމަ ޖައްސާފައިވަނީ މި މަހުގެ އަށްވަނަ ދުވަހުއެވެ. މި މަހުގެ އަށްވަނަ ދުވަހު ކުޅޭ ޗެރިޓީ ޝީލްޑް މެޗުގައި ވާދަކުރާނީ މާޒިޔާއާއި ކްލަބު އީގަލްސްއެވެ. އަށްވަނަ ދުވަހު ޗެރިޓީ މެޗު ފެށުމަށް ފަހު މި މަހުގެ ތޭރަވަނަ ދުވަހު ލީގު ފެށުމަށް އެފްއޭމުންވަނީ ނިންމާފައެވެ. 

ބައްސާމް ވިދާޅުވީ، އާ ސީޒަނަށް އެފްއޭއެމުން ވަރަށް ބޮޑަށް ތައްޔާރުވެފައިވާ ކަމަށެވެ. ސީޒަން ފެށުން ދިގު ދެމިގެން ދިޔުމުން ކުޅުންތެރިންނަށް ދިމާވެފައިވާ އެކިއެކި ދަތިތަކަށް ހައްލެއް ލިބޭނެ ކަމަށެވެ. ބައްސާމް ވިދާޅުވީ އާ ސީޒަން ފެށިގެންދާނީ ދަނޑަށް ކުޅިބަލަން މީހުންނަށް ނުވަދެވޭ ގޮތަކަށް ކަމަށެވެ. އެހެންނަމަވެސް މީޑިއާގެ ވަސީލަތްތައް މެދުވެރިކޮށް މެޗުތައް ދައްކާނެ ކަމަށް ބައްސާމް ވިދާޅުވިއެވެ.

"ސީޒަން ފެށިގެން ދާއިރު އަޅުގަނޑުމެންނަށް ދަނޑަކަށް ސަޕޯޓަރުން ނުވެއްދޭނެ. އެހެންނަމަވެސް ޕީއެސްއެމް ނުވަތަ އަޅުގަނޑުމެންގެ މައިކޫޖޫ ޗެނަލްތައް މެދުވެރިކޮށް މެޗުތައް ސަޕޯޓަރުންނަށް ފެނިގެންދާނެ"

ބައްސާމް ވިދާޅުވީ ކުރިއަށް އޮތްތާ ދަނޑަށް މީހުންނަށް ވަދެވޭނެ ގޮތްތައް ހަމަ ޖެހިގެންދާނެ އިންތިޒާމެއް ހަމަޖައްސަން މަސައްކަތް ކުރައްވާނެ ކަމަށެވެ. އަދި ވިދާޅުވީ މި ދިޔަ ހަތަރު އަހަރުވެސް ދަނޑަށް މީހުން ވަންނަ އަދަދު މަދުވެފައިވާތީ އަލުން ދަނޑަށް މީހުން ވައްދާ، ފުޓްބޯޅައިގެ ފޯރި އިތުރު ކުރުމަށް ކެމްޕެއިންތަކެއް ކުރައްވަން ޖެހިވަޑައިގެންފައިވާ ކަމަށެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް