ads
ހުޅުމާލޭގައި ތަރައްޤީކުރަމުންދާ ބައެއް ސަރަޙައްދުތަކަށް ޒިޔާރަތްކުރައްވައި، މަސައްކަތް ކުރިއަށްދާގޮތް ބައްލަވައިލައްވާލަނީ
ހުޅުމާލޭ ތެލެސީމިއާ ސެންޓަރުގެ މަސައްކަތް 10 ދުވަހުގެ ތެރޭގައި ފެށޭނެ: ރައީސް އޮފީސް
ހުޅުމާލޭގައި އިމާރާތްކުރުމަށް ހަމަޖެހިފައިވާ ތެލެސީމިއާ ސެންޓަރުގެ މަސައްކަތް 10 ދުވަހުގެ ތެރޭގައި ފެށޭނެކަމަށް ހާމަކޮށްފި އެވެ.

މިކަން ހާމަކޮށްފައިވާނީ މިއަދު ހުޅުމާލޭގައި ކުރިއަށްދާ ބައެއް މަޝްރޫއުތަށް ރައީސުލްޖުމްހޫރިއްޔާގެ ނައިބު ފައިސަލް ނަސީމް ބައްލަވާލެއްވުމަށްފަހު އެވެ. 

ރައީސް އޮފީހުން ހާމަކޮށްފައިވާ ގޮތުގައި، ކުރިއަށް އޮތް ދިހަ ވަރަކަށް ދުވަހުގެ ތެރޭގައި ތެލަސީމިއާ ސެންޓަރު އިމާރާތް ކުރުމުގެ މަސައްކަތް ފެށޭނެ ކަމަށް އެ މަސައްކަތް ހަވާލުކޮށްފައިވާ ފަރާތުން ވަނީ ނައިބު ރައީސް އަރިހުގައި ދެންނަވާފަ އެވެ. 

އެ ޒިރާޔަތުގައި ނައިބު ރައީސް ވަނީ، ތަރައްގީގެ އިތުރު ބައެއް ޕްރޮޖެކްޓުރަކުގެ މަސައްކަތްތަށް ކުރިއަށްދާ ގޮތްވެސް ބައްލަވާލައްވާފަ އެވެ. އެގޮތުން މޯލްޑިވްސް ޕޯޓްސް ލިމިޓެޑް (އެމް.ޕީ.އެލް) ބަސް ސްޓޭންޑް ހުންނަ ސަރަހައްދާއި، އާ ޕާކިން ޒޯންތައް ހެދުމުގެ މަސައްކަތް ކުރިއަށްދާ ސަރަޙައްދާއި، ސެންޓްރަލް ޕާކް ތަރައްގީ ކުރުމުގެ މަސައްކަތް ކުރިއަށްދާ ގޮތް ނައިބު ރައީސް ވަނީ ބައްލަވާލައްވާފަ އެވެ. 

ނައިބު ރައީސް އަރިހުގައި ހައުސިންގް މިނިސްޓަރު މުހައްމަދު އަސްލަމާއި، ހެލްތު މިނިސްޓަރު އަހުމަދު ނަސީމާއި، އެޗް.ޑީ.ސީ ގެ މެނޭޖިން ޑިރެކްޓަރު ސުހައިލް އަހުމަދު ބައިވެރިވެ ވަޑައިގެންނެވި އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް