ads
ފިނޭސް މިނިސްޓްރީ---ފޮޓޯ:ރާއްޖެއެމްވީ
އެސްޑީއެފް ފަންޑުގައި 3.2 ބިލިއަން ރުފިޔާ އެބަހުރި
ސަރުކާރުން ނަގާ ލޯނުތަކަށް ފައިސާ ދައްކަން އުފެއްދި ސޮވެރިން ޑިވެލޮޕްމެންޓް ފަންޑްގައި މިހާރު ހުރީ 3.2 ބިލިއަން ރުފިޔާ ކަމަށް ފިނޭންސް މިނިސްޓްރީން ބުނެފި އެވެ.

ފިނޭންސް މިނިސްޓްރީން އާއްމު ކުރި ފާއިތުވި ހަފުތާގެ މާލީ ރިޕޯޓު ދައްކާ ގޮތުގައި އެސްޑީއެފް ފަންޑުގެ މިހާރު ހުރީ 3.2 ބިލިއަން ރުފިޔާ އެވެ. މިއީ ގާތްގަނޑަކަށް 207 މިލިއަން ޑޮލަރެވެ.

ރިޕޯޓުން ދައްކާ ގޮތުން މިދިޔަ މަހުގެ 26 ވަނަ ދުވަހުގެ ނިޔަލަށް އެ ފަންޑަށް ޖަމާކޮށްފައިވަނީ 273 މިލިއަން ރުފިޔާ އެވެ.

އެސްޑީއެފް ފަންޑަކީ ކުއްލި ހާލަތުގައި ކުރިމަތި ވެދާނެ ކަމަކަށްޓަކައި އަދި ތަރައްގީގެ އެކި މަޝްރޫއުތައް ހިންގަން ނަގާ ބޮޑެތި ލޯނުތައް އަނބުރާ ދެއްކުމުގައި އިގުތިސޯދަށް އަތުވެދާނެ ލޮޅުމަކުން ލިބޭ ގެއްލުން ފޫބެއްދުމަށް ސަރުކާރުން އުފައްދާފައިވާ ހާއްސަ ފަންޑެކެވެ. އެސްޑީއެފް އުފެއްދީ 2017 ވަނަ އަހަރު އެވެ. މިއީ 2017 ވަނަ އަހަރުން ފެށިގެން ނަގަމުން އަންނަ ވީއައިއޭ އިން ދެމުންދާ ހިދުމަތްތަކުގެ އަގަށް ބަދަލު ގެނެސްގެން އިތުރުވާ ފައިސާ އެވެ. 

ނަމަވެސް އެސްޑީއެފް ފަންޑަށް އެކަށީގެންވާ ގޮތެއްގައި ފައިސާ ޖަމާ ނުކުރާކަން އެމްއެމްއޭގެ ގަވަރުނަރު އަލީ ހާޝިމް ވަނީ މީގެ ކުރިން ފާހަގަކުރައްވާފަ އެވެ. ރައްޔިތުން މަޖިލީހުގައި މި އަހަރުގެ ބަޖެޓަށް މަރުކަޒީ ބޭންކުގެ ލަފާ ދެއްވަމުން ގަވަރުނަރު ވިދާޅުވީ އެ ފަންޑު ގާއިމް ކޮށްފައިވަނީ ބޭރުގެ ފަރާތްތަކުން ނަގާފައިވާ ސުކޫކް އާއި ބޮންޑު ފަދަ ތަކެތި އެ ފަންޑަށް ޖަމާކުރާ ފައިސާ އިން އަނބުރާ ދެއްކުމަށެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް