ads
ބަޝަންދުރާ ކިންގްސްގެ ކޯޗު އޮސްކާ
ބަޝަންދުރާ ކިންގްސް އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖަށް
އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ގްރޫޕް ސްޓޭޖުގެ ފުރުސަތު ބަޝަންދުރާ ކިންގްސްއަށް ދޭން ބަންގްލަދޭޝްގެ ފުޓްބޯޅަ ފެޑެރޭޝަނުން ނިންމައިފިއެވެ. ބަޝަންދުރާ ކިންގްސްއަށް އަންނަ އަހަރުގެ ގްރޫޕް ސްޓޭޖުން ފުރުސަތު ދޭން ނިންމީ، ކޮވިޑާ ގުޅިގެން މި އަހަރުގެ ސީޒަން ކެންސަލްކޮށްފައިވާތީ، ކުރީ ސީޒަންގެ ނަތީޖާތަކަށް ބަލައިގެންނެވެ.

ބަޝަންދުރާ ކިންގްސްއަށް ގްރޫޕް ސްޓޭޖުގެ ފުރުސަތު ދޭން ނިންމުމުން، ދެކުނު އޭޝިޔާ ގްރޫޕުގެ ހަތަރު ޓީމުގެ ތެރެއިން ތިން ޓީމު ކަށަވަރުވީއެވެ. އެއީ ރާއްޖޭގެ މާޒިޔާއާ، އިންޑިޔާގެ އޭޓީކޭ މޯހަން ބަގާން އަދި ބަންގްލަދޭޝްގެ ބަޝަންދުރާ ކިންގްސްއެވެ. ބަންގްލަދޭޝް ފެޑެރޭޝަނުން، ބަޝަންދުރާއަށް އަންނަ އަހަރުގެ ގްރޫޕް ސްޓޭޖުގެ ފުރުސަތު ދޭން ނިންމީ ހޮނިހިރު ދުވަހު މެންދުރު ފަހު އޮތް ބީއެފްއެފްގެ ބައްދަލުވުމެއްގައެވެ. 

ބާކީ އޮތް ޖާގައަށް ވާދަކުރުމަށް ކުޅޭ ޕްލޭ އޮފްގައި ވާދަކުރާނީ ރާއްޖޭން ކްލަބު އީގަލްސްއާ، އިންޑިޔާއިން ބެންގަލޫރު އެފްސީ އަދި ބަންގްލަދޭޝްއިން ޑާކާ އަބަހާނީ ލިމިޓެޑްވެ. މި ތިން ޓީމާ ވާދަކުރުމަށް ޕްރިމިލިނަރީ ސްޓޭޖުގައި ލަންކާ، ބޫޓާން އަދި ޕާކިސްތާނާ ނޭޕާލުގެ ކްލަބުތަކުން ވާދަކުރާނެއެވެ. ޕާކިސްތާނާ ލަންކާގެ ކްލަބުތައް އަދި ކަނޑަނޭޅެއެވެ. ބޫޓާނުން ތިމްޕޫ ސިޓީ ވާދަކުރާއިރު ނޭޕާލުން ވާދަކުރާނީ މަޗިންދްރާ ޔުނައިޓެޑްއެވެ. 

ބަޝަންދުރާ ކިންގްސްއިން މި އަހަރުގެ އޭއެފްސީ ކަޕަށްވެސް ރަނގަޅަށް ތައްޔާރުވިއެވެ. އެހެންނަމަވެސް ކޮވިޑާ ގުޅިގެން މުބާރާތް ކެންސަލްވީއެވެ. ބަޝަންދުރާ ކިންގްސްއިން އޭއެފްސީ ކަޕު ކެންސަލް ކުރުމުގެ ކުރިން ކުޅުނު ހަމަ އެކަނި މެޗުގައި ވާދަކުރީ ރާއްޖޭގެ ޓީސީ ސްޕޯޓްސްއާއެވެ. އެ މެޗު ފަސް ލަނޑު އެއް ލަނޑުން ކާމިޔާބުކުރީ ބަޝަންދުރާ ކިންގްސްއެވެ. 

އަންނަ އަހަރުގެ އޭއެފްސީ ކަޕުގެ ޝެޑިއުލް އޭއެފްސީން އަދި އާއްމު ނުކުރެއެވެ. ބެލެވޭ ގޮތުގައި މުބާރާތުގެ ޝެޑިއުލްއާ އެހެނިހެން މައުލޫމާތުތައް މި ހިނގާ ޑިސެމްބަރު މަހުގެ ތެރޭގައި އޭއެފްސީން އާއްމު ކުރާނެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް