ads
ކޮވިޓްގައި އެއްޗިހި ގައްނަނީ
ކޮވިޑްގެ ހާލަތުގައި ވިޔަފާރިކުރުން ބިރު ބޮޑު!
ކޮވިޑް-19 ފެތުރުނަސް ތަފާތު އެކި ބޭނުންތަކަށް ވިޔަފާރިކުރަން ކުރަން ފިހާރަތަކަށް ވެސް ދާންޖެހެ އެވެ. ނަމަވެސް ކޮވިޑް-19 ގެ ވިލާގަނޑު އަދިވެސް ދުނިޔޭގެ ބޯމަތިން ފިހައިގެން ނުދާތީ ވިޔަފާރިކުރުމުގައި ސަމާލުކަން ދިނުން ވަރަށް މުހިއްމެވެ.

އިނގެރޭސި ވިލާތުގައި މި ދުވަސްވަރަކީ އެމީހުންގެ ހާއްސަ މުނާސަބާތަކެއް ފާހަގަކުރާ ދުވަސްވަރެކެވެ. އެއާއެކު ކޮވިޑްގެ އާ ކޭސްތައް އިތުރަށް ބޯމަތި ވަމުންދާކަމަށް ތަފާސްހިސާބުތަކުން ދައްކަ އެވެ.

ނޯތްވެލްގެ ފިޒިޝަނެއް ކަމުގައިވާ ޑރ ޑޭވިޑް ވިދާޅުވީ އެއްވެ އުޅުމަވީ ކޮވިޑް ޖެހުމަށް ފުރުސަތު އިތުރުވާނެ ކަމެއްކަމަށްވާއިރު ފިހާރަތަކަށްދާއިރު އެކަމަށް ސަމާލުވުން މުހިންމު ކަމަށެވެ. ޑރ ވިދާޅުވީ ބޭރަށް ދިއުމަށްވުރެ ގޭތެރޭގައި ހުރެގެން ވިޔަފާރި ކުރުން ރައްކާތެރިވާނެ ކަމަށެވެ.

އަދި މީހުން މަދު ފިހާރަތަކަށް ދިޔުމާއި އަވަހަށް އެއްޗިހިގަނެގެން ނިކުތުން މުހިންމު ކަމަށެވެ. އެއީ އާންމުގެ ތެރޭގައި ޕޮޒިޓިވް ކޭސްތައް ފެންނަ މިންވަރު ގިނަވީމައެވެ. 

ކޮވިޑް-19 ޖެހުމުގެ އިންސައްތައަކީ އެއްކޮށް ނައްތާލެވޭނެ އެއްޗެއްނޫންކަމުށް، ޑރ. ޑޭވިޑް ވިދާޅުވި އެވެ. ނަމަވެސް ބަލި ޖެހޭ އިންސައްތަ އެއީ ކުޑަ ކުރެވިދާނެ އެއްޗެއްކަމާއި އަދި މިކަން ކާމިޔާބު ވާނީ ސަރުކާރުން ގާއިމްކޮށްފައިވާ ގަވައިދުތަކާ އެއްގޮތަށް ކަންކަން ކުރުމުން ކަމަށް ޑރ. ޑޭވިޑް ވިދާޅުވިއެވެ.

ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި އާންމު މީހުން އުޅޭ ސަރަހައްދުގެ ފިހާރަތަކުން ކޮވިޑް ޖެހުމުގެ އިންސައްތަ ބޮޑެވެ. ސުޓަންފޮޓް ޔުނިވާސިޓީ އިން ހިންގި ރީސާޗެއްގައި ދައްކާގޮތުން ގިނަ ބަޔަކު ދެކޭ ގޮތުގައި ބަލި ޖެހުމުގެ ފުރުސަތު ބޮޑީ މީހުން ގިނަ ފަގީރު އަވައްތަކުގައި ކަމަށް ދައްކައެވެ. އެއީ އެތަންތަންކީ ތޮއްޖެހިފައިވާ އަދި މީހުން ގިނަ ސަރަހައްދުތައް ކަމަށް ވާތީކަމަށް ތަޖުރިބާކާރުން ބުނެއެވެ.

ނިއުޔޯކްގެ ލިނޮކްސް ހޮސްޕިޓަލްގެ ސީނިއާ ނިއުރޯސައިކޮލަޖިސްޓެއް ކަމަށްވާ ބިރިޓްނީ ލިމޯޑާ ވިދާޅުވީ ކޮވިޑްގެ ބިރުގެ ސަބަބުން ގާއިމް ކޮށްފައިވާ އުސޫލު ތަކުގެ ސަބަބުން މިހާރު މީހުން ވަނީ ވަރުބަލިވެފައިވާ ކަމަށެވެ. އަދި ރައްކާތެރިވުމަށް އަބަދު އިލްތިމާސް ކުރަމުން ގެންދާތީ މީހުންގެ ހިތްތަކުގައި ވަނީ ކޮވިޑް-19 ގެ ބިރު ހަރުލާފައި ކަމަށެވެ.

ރާއްޖޭގައި ވެސް ކޮވިޑް ފެތުރެމުން އަންނައިރު ޑޮކްޓަރުން އަންނަނީ ވިޔަފާރިިކުރުމުގައި ވެސް ސަމާލުކަން ދިނުމަށް އިލްތިމާސްކުރަމުންނެވެ. އެގޮތުން ފިހާރަތަކަށް ވަކި އަދަދަކަށް މީހުންނަށް ވަދެވޭ ގޮތަށް އުސޫލެއް އެކުލަވާލާއި އަމަލުކުރަމުން އަންނައިރު ވިޔަފާރިކޮށްގެން އައިސް އަމަލުކުރަން ޖެހޭ ގޮތް ވެސް ޑޮކްޓަރުން ދަނީ ކިޔައިދެމުންނެވެ. 

އެގޮތުން ބޭރުން ގެންނަ ކޮތަޅުތައް ރަނގަޅަށް ނައްތާލުމަށް އިލްތިމާސްކުރާއިރު ފިހާރައަށް ވަދެ މާގިނަ އިރު ނުކުރުމާއި، ގަންނަން ބޭނުންވާ ސާމާނު ނޫން އިތުރު އެހެން ސާމާނުގައި އަތްލައި ނުހެދުމަށް ދަނީ ތަކުރާރުކޮށް އިލްތިމާސްކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް