ads
އެމްއެމްއޭ އިމާރާތް-- ފޮޓޯ: ސަން
އަހަރުގެ ފަހު ދުވަހު އެމްއެމްއޭ ބަންދު
މި އަހަރުގެ ފަހު ދުވަހު، މަރުކަޒީ ބޭންކް، (އެމްއެމްއޭ) އިން ބަންދުކުރަން ނިންމައިފި އެވެ.

އެގޮތުން އެމްއެމްއޭ އިން ކުރި އިއުލާނެއްގައި ބުނީ މި އަހަރު ހިދުމަތްތައް ދޭނީ މި މަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށް ކަމަށާއި، މި އަހަރުގެ ފަހު ދުވަހު އެ ބޭންކުންދޭ ހުރިހާ ހިދުމަތްތައް ބަންދުވާނެ ކަމަށެވެ.

އެއަށްފަހު، އެ އޮތޯރިޓީގެ ހިދުމަތްތައް އަލުން ފަށާނީ ޖެނުއަރީ މަހުގެ ތިންވަނަ ދުވަހު ކަމަށް އެމްއެމްއޭ އިން ބުނެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް