ads
ފޮޓޯ: ރައީސް އޮފީސް
ހަންޏާމީދޫ ނަރުދަމާ މަސައްކަތް ހުއްޓިފައި އޮތުމުން ރައީސްގެ ސަމާލުަކަމަށް
އދ. ހަންޏާމީދޫ ނަރުދަމާ ނިޒާމުގެ ބައެއް މަސައްކަތްތައް ހުއްޓިފައި ހުރުމުން އެކަމުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުަހައްމަދު ސޯލިހާއި ހިއްސާ ކޮށްފައެވެ.
އދ. ހަންޏާމީދޫ ނަރުދަމާ ނިޒާމުގެ ބައެއް މަސައްކަތްތައް ހުއްޓިފައި ހުރުމުން އެކަމުގެ ކަންބޮޑުވުންތައް ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުަހައްމަދު ސޯލިހާއި ހިއްސާ ކޮށްފައެވެ.

ހައްޏާމީދޫ ކައުންސިލަރުންނާއި ރައީސް ސޯލިހް މިއަދު ބައްދަލުކުރައްވާފައިވަނީ ރައީސް އޮފީހުގަ އެވެ.

އެގޮތުން މިބައްދަލުކުރެއްވުމުގައި ހަންޏާމީދޫ ކައުންސިލުން ވަނީ، އެރަށު ނަރުދަމާ ނިޒާމުގެ ބައެއް މަސައްކަތްތައް ހުއްޓިފައި ހުރުމުން އެކަމުގެ ކަންބޮޑުވުންތައް ހިއްސާކޮށްފައެވެ. އެރަށު ކުނިމެނޭޖްކުރުމުގައި ހުރި ދަތިތަކާއި ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތަކާއި ސްކޫލަށް ކަރަންޓްދިނުމުގައި ހުރި މައްސަލަތައް ވެސް ވަނީ ރައީސް އާއި ހިއްސާކޮށްފައެވެ.

މީގެ އިތުރުން ޞިއްޙީ މަރުކަޒުގެ ޖާގަ އިތުރުކުރުމާއި ރަށަށް އިތުރަށް ބޭނުންވާ ބައެއް ޚިދުމަތްތަކުގެ ގޮތުގައި ފޮލިސް ސްޓޭޝަނެއްގެ ޚިދުމަތާއި ބޭންކުގެ ޚިދުމަތްފަދަ ޚިދުމަތްތަކާއި އަދި ރަށުގެ ތަރައްޤީއާ ޒުވާނުންގެ ތަރައްޤީއަށް ބޭނުންވާ ބައެއް މަޝްރޫޢުތަކާ ބެހޭގޮތުން ރައީސް ސޯލިހަށް މައުލޫމާތު ހިއްސާކޮށްފައިވާ ކަމަށް ރައީސް އޮފީހުން މައުލޫމާތުދެ އެވެ.

އަދި މި ބައްދަލުކުރެއްވުމުގައި ރައީސް ސޯލިހް ހައްޏާމީދޫގެ ބައެއް މަޝްރޫޢުތަކުގެ އެންމެފަހުގެ މަޢުލޫމާތު ހިއްސާ ކުރެއްވި ކަމަށް ރައީސް އޮފީހުން މައުލޫމާތުދީފައިވެ އެވެ. އަދި ކައުންސިލަރުން ފާހަގަކުރެއްވި މައްސަލަތަކުގައި ކަމާގުޅޭ އިދާރާތަކާއި ގުޅިވަޑައިގެން އަވަސް ޙައްލެއް ހޯއްދަވައިދެއްވުމަށް މަސައްކަތްޕުޅު ކުރައްވާނެކަމުގައި ވެސް ރައީސް ވިދާޅުވި ކަމަށް މައުލޫމާތު ދީފައި ވެއެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް