ads
މަސްއޫދުގެ ކާރުގައި ރޯކޮށްލާފައި--
ދިއެފްއެމްގެ ކުރީގެ ސީއީއޯގެ ކާރުގައި ރޯކޮށްލައިފި
ދިއެފްގެ ކުރީގެ ސީއީއޯ، މަސްއޫދު ހިލްމީގެ ކާރުގައި ރޯކޮށްލައިފި އެވެ.

ލ. ފޮނަދޫގެ ޕަބްލިކް ޕާކިން އޭރިއާއެއްގައި ޕާކުކޮށްފައި އޮއްވާ، މަސްއޫދުގެ ކާރުގައި ރޯކޮށްލާފައި ވަނީ ރޭ ދަންވަރުގެ ވަގުތެއްގަ އެވެ.

އެކަމާއި ގުޅޭ ގޮތުން ސީއެންއެމްއަށް މަސްއޫދު ވިދާޅުވީ، އެކަމެއް ހިނގާފައި ވަނީ ރޭ ދަންވަރު 3:07 ހާއިރު ކަމަށެވެ. ކާރު ޕާކުކުރުމަށް ފަހު ގެއަށް އައިތަނުން ރައްޓެއްސަކު ގުޅައި ކާރުގައި ރޯވެފައިވާ ކަމުގެ މައުލޫމާތު ހިއްސާކުރި ކަމަށް އޭނާ ވިދާޅުވި އެވެ. 

މަސްއޫދު ވިދާޅުވި ގޮތުގައި ސިފައިން ގޮސް، ކާރުގައި ރޯވެފައިވާ އަލިފާން ނިއްވާލިއިރު ކާރުގެ ފަހަތްކޮޅު ވަނީ އެއްކޮށް އަނދާފަ އެވެ.

your imageކާރުގެ ފަހަތަށް ގެއްލުންވެފައި--

މަސްުއޫދު ވިދާޅުވީ ކާރުގައި ރޯކޮށްލި މައްސަލައާ ގުޅިގެން މިއަދު މެންދުރުފަހުގެ ވަގުތެއްގައި ފުލުހުންނަށް ބަޔާންދިނުމަށް ޕޮލިހަށް ހާޒިރުވުމަށް އަންގާފައިވާ ކަމަށެވެ. އެހެންނަމަވެސް އެކަމެއް ހިނގާފައިވަނީ އެއްވެސް އިންޒާރެއް ލިބުމެއް ނެތިކަމުން، މީހަކަށް ވެސް ޝައްކު ނުކުރެވޭ ކަމަށް އޭނާ ވިދާޅުވި އެވެ. 

ރޯކޮށްލި ކާރަކީ ދެލައްކަ ފަސް ހާހެއްހާ ރުފިޔާގެ ނިސާން ނޯޓް ބްރޭންޑްގެ ކާރެކެވެ. 

މަސްއޫދު ގެންދަވަނީ ފުނަދޫގައި ގެސްޓްހައުސް އަދި ކެފޭ އާއި ފިހާރަ ހިންގަވަމުންނެވެ. 

67%
ކަމުގޮސްފި
33%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް