ads
ސައިފް އަލީ ހާން އާއި އޭނަގެ ދަރިފުޅު އިބްރާހިމް އަލީ ހާން
އިބްރާހިމް ބޮލީވުޑަށް ނިކުންނަން ސައިފް ބޭނުންވަނީ ރިތިކްހެން
ބޮލީވުޑުގެ މަޝްހޫރު ތަރި، ސައިފް އަލީ ހާންގެ ދޮށީ ފިރިހެން ދަރިފުޅު، އިބްރާހީމް ވެސް ބޭނުމީ ފިލްމީ ދާއިރާއަށް ނިކުންނަން ކަމަށް ސައިފް ވަނީ މީގެ ކުރިން ހާމަކޮށްފައެވެ.

ވަރަށް ފަހުން ސައިފް ބުނީ އޭނަ ބޭނުންވަނީ އޭނަގެ ދަރިފުޅު އިބްރާހިމް ބޮލީވުޑުގައި ފެންނަ އެންމެ ފުރަތަމަ ފަހަރުވެސް ރިތިކް ރޯޝަން ގޮތަށް ބޮލީވުޑްގައި ފެތުރިގަންނަން ކަމަށެވެ. 

ސައިފް ބުނީ އޭނަ ދަރިފުޅުގެ ކިބައިން އުންމީދުތަކެއް ކުރާނެކަން އޭނަ ދަންނަންވާނެ ކަމަށާއި އެކަން ގަބޫލް ކުރަންޖެހޭނެ ކަމަށެވެ. އެހެންނަމަވެސް އިބްރާހިމް ދަނީ އަދިވެސް އޭނަގެ ހުނަރާއި ޕާސަނަލިޓީ ތަރައްގީކުރަމުންކަމަށް ސައިފް ބުނެފައިވެއެވެ. 

ސައިފް ބުނާ ގޮތުންނަމަ ތައިމުރްގެ އިތުރުން އިބްރާހިމް ވެސް މަސައްކަތް ކުރާނީ އޭނާ އެކޭ އެއްގޮތަށް ފިލްމީ ދާއިރާގަ އެވެ. 

މީގެ ކުރިން ގިނަ ބަޔަކަށް ހީވެފައި އޮތީ އިބްރާހީމްގެ ޝައުގު ހުރީ އޭނާގެ ކާފަ އެކޭ އެއްގޮތަށް ކްރިކެޓް ކުޅެން ކަމަށެވެ. އެގޮތުން އަބަދުވެސް ކްރިކެޓް ކުޅުމުގައި އުޅޭ މަންޒަރު ފެނިގެންދިޔަ އިބްރާހީމް ކުޅޭ މެޗްތައް ބަލަން، ސައިފް ދަނޑަށް ވަދެ، އިން މަންޒަރު ފެނި ގިނަ ބަޔަކަށް ހީވެފައި ވެސް އޮތީ އެހެންނެވެ. 

އެކަމަކު އިބްރާހިމް ވެސް ފިލްމީ ދާއިރާގައި މަސައްކަތްކުރަން ޝައުގުވެރިކަން ހުރިއިރު އޭނާގެ ދައްތަ، ސާރާ އަލީ ހާން ވެސް އަންނަނީ އެ ދާއިރާގައި މަސައްކަތްކުރަމުންނެވެ. ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ސާރާ ވަނީ ގިނަ ބައެއްގެ ލޯތްބާއި މަގްބޫލުކަން ދަމައިގެންފަ އެވެ. 

އުމުރުން 19 އަހަރުގެ އިބްރާހީމަކީ ސައިފާއި އަމްރިތާ ސިންގްއަށް ލިބިފައިވާ ހަމައެކަނި ފިރިހެން ދަރިފުޅެވެ. އަމްރިތާއަކީ ވެސް ފިލްމީ ދާއިރާއިން ގިނަ ބައެއްގެ މަގްބޫލުކަން ހޯދާފައިވާ ފަންނާނެކެވެ. 

އިބްރާހިމް ވެސް ފިލްމުތަކުގައި މަަސައްކަތްކުރަން ޝައުގުވެރިކަން ހުރިއިރު އޭނާ ބޮލީވުޑަށް ނިކުންނާނީ ވަކި ކޮންއިރަކު ކަމެއް ސައިފް ހާމައެއް ނުކުރެ އެވެ. މިހާރު ވެސް ޒުވާން އަންހެން ކުދިންގެ މެދުގައި އިބްރާޙީމް މަގްބޫލެވެ. ސޯޝަލް މީޑިއާގައި ވެސް ގިނަ ބަޔަކު އަންނަނީ އޭނާ ފޮލޯކުރަމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް