ads
ގެސްޓްހައުސްއެއް--
އަންނަ ހޯމަ ދުވަހު މާލޭ ސަރަހައްދުގައި ގެސްޓްހައުސްތައް އަލުން ހުޅުވަނީ
ސަރުކާރުން މާލޭ ސަރަހައްދުގައި އަލުން ގެސްޓްހައުސްތަކާއި ހޮޓެލްތައް ހުޅުވުމުގެ ހުއްދަ ދޭން ނިންމައިފި އެވެ.

އެކަން ހާމަކުރައްވައި ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ މި މަހުގެ 14 ވަނަ ދުވަހުން ފެށިގެން މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވާލަން ނިންމާފައިވާ ކަމަށެވެ. އޭގެ އިތުރުން މިނިސްޓަރު ވިދާޅުވީ ގެސްޓްހައުސްތަކުގައި ތިބޭ ފަތުރުވެރިންގެ އަތުގައި 72 ގަޑިއިރު ހަމަނުވާ ނެގަޓިވް ޕީސީއާރު ޓެސްޓެއް އޮންނަންވާނެ ކަމަށެވެ.

އެކަމުގެ ހުއްދަ ދެއްވިކަމަށްޓަކައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަށާއި، ފަތުރުވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މިނިސްޓަރު ޝުކުރު އަދާކުރައްވާފައިވެ އެވެ.

ބޯޑަރު ހުޅުވާލި ފަހުން ސަރުކާރުން ވަކި ހަމަތަކަކާއި އެއްގޮތަށް ގެސްޓްހައުސްތަކާއި ރިސޯޓްތައް ހުޅުވަން ހުއްދަދެމުންދާ އިރު، ސަރުކާރުން ވަނީ އޮކްޓޯބަރު މަހުގެ 15 ވަނަ ދުވަހުން ފެށިގެން ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދީފަ އެވެ.

މިހާތަނަށް ރާއްޖޭގެ އަށް އަތޮޅެއްގައި 24 ރަށެއްގެ 125 ގެސްޓްހައުސެއް އަލުން ހުޅުވާލާފައިވެއެވެ. އެއާއި އެކު 2،476 އެނދުގެ ހިދުމަތްތައް ދޭން ފަށާފައިވެ އެވެ.

ރާއްޖޭގެ ފަތުރުވެރިކަމުގެ ހިދުމަތްދޭ އެނދުތަކުގެ ތެރެއިން 70 އިންސައްތަ އެނދު ހުޅުވައިލެވިފައިވާ ކަމަށާއި، ކުރިއަށް އޮތް ދުވަސްތަކުގައި އިތުރު އެނދުތައް ހުޅުވައިލާނެ ކަމަށް މިނިސްޓަރު މައުސޫމް ވަނީ މީގެ ކުރިން ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް