ads
މާފުށީގެ ސަންރައިސް ބީޗް ގެސްޓްހައުސް-- ފޮޓޯ: ބުކިން ޑޮޓްކޮމް
ޓޫރިޒަމް މިނިސްޓްރީން ގެސްޓްހައުސް ހުޅުވުމުގެ އުސޫލަށް ލުުއި ދީފި
ޓޫރިޒަމް މިނިސްޓްރީން ގެސްޓްހައުސްތައް ހުޅުވުމުގެ ހުއްދަ ދިނުމުގެ ކުރިން ކައުންސިލުން އިއުތިރާޒެއް ނެތްކަމަށް ހުށަހަޅަން ނުޖެހޭކަމަށް ނިންމައި އެ މިނިސްޓްރީން އަމަލުކުރަމުން އައި އުސޫލަށް ބަދަލު ގެނެސްފިއެވެ.

އެ މިިނިސްޓްރީން ނެރުނު ސާކިއުލާގައިވާ ގޮތުން މިހާރު ރަށު ކައުންސިލްތަކުގެ އިއުތިރާޒު ނެތްކަމަށް ހުށަހަޅަން ނުޖެހޭނެކަމަށް އެ މިނިސްޓްރީން ކަނޑައަޅައި ކުރިން ހަދާފައިވާ ގަވާއިދަށް މިއަދު ވަނީ ލުއި ގެނެސްދީފަ އެވެ.

ބަދަލުގެނެސްފައިވާ އެ އުސޫލަށް މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން އަމަލުކުރަން ނިންމާފައިވާ އިރު، ފަތުރުވެރިކަމުގެ ހިދުމަތްދޭ ތަންތަނުގައި ކޮވިޑް-19 ކޮންޓްރޯލްކުރުމަށްޓަައި އެޗްޕީއޭ އިން ކަނޑައަޅާފައިވާ އެސްއޯޕީ އަށް އަދިވެސް އަމަލުކުރަމުން ދާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ބުނެފަ އެވެ.

އެހެންކަމުން މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން މި އުސޫލަށް އަމަލުކުރުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ރަށު ކައުންސިލްތަކަށް އިލްތިމާސްކޮށްފަ އެވެ.

ކުރިން މީހުން ދިރިއުޅޭ ރަށްރަށުގައި ހުންނަ ހޮޓެލްތަކާއި ގެސްޓްހައުސްތައް އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގެ ކުރިން ރަށު ކައުންސިލުގެ އެއްވެސް އިއުތިރާޒެއް ނެތްކަމަށް ޓޫރިޒަމް މިނިސްޓްރީއަށް ހުށަހަޅަން ޖެހެއެވެ.

އެ އުސޫލަށް ޓޫރިޒަމް މިނިސްޓްރީން އަމަލުކޮށްފައިވަނީ ރައްޔިތުންނާއި ފަތުރުވެރިންގެ އިތުރުން މުވައްޒަފުންގެ ސަލާމަތާއި ރައްކާތެރިކަން ކަށަވަރު ކުރުމުގެ ގޮތުން ކަމަށާއި އަލުން ހުޅުވުމުގެ ހުއްދަ ދިނުމުގައި މިނިސްޓްރީން އަމަލުކުރަމުންއައި އުސޫލަށް ބަދަލު ގެންނަން ނިންމާފައިވަނީ ރާއްޖޭގައި ކޮވިޑް-19 ގެ ހާލަތު ރަނގަޅުވަމުން އަންނަ އައުމަށް ބެލުމަށްފަހު ކަމަށް އެމިނިސްޓްރީން ބުނެއެވެ.

އޮކްޓޯބަރު މަހުގެ 15 އިން ފެށިގެން ރާއްޖޭގެ ގެސްޓްހައުސްތައް އަލުން ހުޅުވާލައި ހިދުމަތް ދިނުމަށް ހުއްދަ ދީފައިވާ އިރު، އަންނަ ހަފްތާގެ ހޯމަ ދުވަހުން ފެށިގެން މާލޭގެ ގެސްޓްހައުސްތައް ހުޅުވައިލުމަށް ނިންމާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓަރު ޑރ. އަބްދުﷲ މައުސޫމް ވަނީ ރޭގައި ވިދާޅުވެފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް