ads
ފ. ނިލަންދޫ
ނިލަންދޫގައި މަސް ފެކްޓްރީ އެއް އެޅުމުގެ ފުރުސަތު
ފ. ނިލަންދޫގައި މަސް ފެކްޓްރީއެއް ހެދުމަށް ދިހަ ހާސް އަކަފޫޓުގެ ބިމެއް 10 އަހަރު ދުވަހުގެ މުއްދަތަށް ކުއްޔަށް ދޫކުރުމަށް ނިލަންދޫ ކައުންސިލުން އިއުލާންކޮށްފި އެވެ.

ނިލަންދޫ ކައުންސިލުން ބުނީ، ބިން ދޫކުރުމަށް ހަމަޖެހިފައިވަނީ ނިލަންދޫ މަސްކައްކާ ހިއްކުމަށް ބިން ދޫކޮއްފައިވާ ސަރަޙައްދުން ކަމަށެވެ. 

އެ ބިމާގުޅޭ ތަފުސީލު، މައުލޫމާތު ކަރުދާހުގައި ހިމެނިފައިވާއިރު، މައުލޫމާތު ކަރުދާސް އެއިދާރާގެ ކައުންޓަރުންނާއި، ވެބްސައިޓުން ނާއި، ފޭސްބުކް ޕޭޖުން އަދި ގެޒެޓުން ލިބެން ހުންނާނެ ކަމަށް ކައުންސިލުން ބުނެެއެވެ. އަދި  އެއިދާރާއަށް ގޮސްމައުލޫމާތު ސާފު ކުރައްވަން ބޭނުންވާ ފަރާތްތަކުން މިމަހުގެ އަށް ވަނަ ދުވަހުން ފެށިގެން ރަސްމީ ގަޑިގައި އެއިދާރާއަށް ގޮސްގެން މައުލޫމާތު ކަރުދާސް ނެގުމުގެ އިންތިޒާމުވެސް ވަނީ ހަމަޖައްސާފައެވެ. 

ބިން ހޯދުމަށް ޝައުގުވެރިވާ ފަރާތްތަކުން މިމަހުގެ 16 ވަނަ ދުވަހުގެ 11:00 އަށް އެކައުންސިލަށް އަންދާސީ ހިސާބު ހުށަހެޅުމަށް ކައުންސިލުން ވަނީ އެދިފައެވެ. އަންދާސީ ހިސާބު ހުށަހަޅަންވާނީ އެއިދާރާއިން ދޫކުރާ ނަމޫނާއާއި އެއްގޮތަށް ކަމަަށާއި އަންދާސީ ހިސާބު ހުށަހަޅާ ފޯމުގެ ނަމޫނާ އެއިދާރާގެ ވެބްސައިޓުންނާއި ފޭސްބުކް ޕޭޖުންނާއި ގެޒެޓުން ޑައުންލޯޑު ކުރެއްވޭނެ ކަމަށް ކައުންސިލުން ބުނެއެވެ.

މަސް ކިރާ، ޕްރޮސެސް ކުރެވޭ ގޮތަށް މީގެ ކުރިންވެސް ބައެއް ސަރަހައްދު ތަކުގައި ވަނީ މަސް ފެކްޓަރީތަށް ތަރައްގީކޮށް، ހިންގާނެ ފަރާތަށް ހޯދުމަށް އެކި އަތޮޅުތަކުން މީގެ ކުރިން ވެސް ވަނީ ހުޅުވާލާފައެވެ. 

އައްޑޫ ސިޓީގެ ތިން ސަރަހަދެއްގައި ގާއިމްކުރުމަށް ހަމަޖެހިފައިވާ ގޭދޮށު ފެކްޓްރީތައް ތަރައްގީ ކޮށް ހިންގާނެ ފަރާތްތެއް ހޯދުމަށްވެސް މިފަހުން ހުޅުވާލާފައެވެ. އެ ފެކްޓްރީތައް ތަރައްގީ ކުރެވޭނީ އައްޑޫ އިން މަސް ކިރާ، ޕްރޮސެސް ކުރެވޭ ގޮތަށެވެ. އަދި އެ ފެކްޓްރީތަކުގައި 20 ޓަނުގެ އައިސް އުފައްދާ ޕްލާންޓް ތައް ތަރައްގީކޮށް 10 ޓަނުގެ މަސް ރައްކާތެރި ކުރުމުގެ ކެޕޭސިޓީ ހުންނާނެއެވެ.

އައްޑޫ ކައުންސިލުން ވަނީ މި މަސް ފެކްޓްރީ ތަކުގެ ސަބަބުން 400 ޓަނާއި 800 ޓަނާއި ދެމެދުގެ މަސް ގަނެ ޕްރޮސެސް ކުރެވޭނެކަމަށް ބުނެފައެވެ.  

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް