ads
މެމްބަރު އިބްރާހިމް ރަޝީދު (ބޮންޑޭ)-- ފޮޓޯ: ރައްޔިތުންގެ މަޖިލިސް
ތަކެތި ގަންނަ އަގު ސިއްރުކުރުމުން ކޮރަޕްޝަނަށް މަގުފަހިވޭ: ބޮންޑޭ
ތަކެތި ގަންނަން ހަވާލުކުރާ އަގާއި އެވޯޑުކުރާ ފަރާތްތައް ސިއްރު ކުރުމަކީ ކޮރަޕްޝަންގެ އަމަލެއް ކަމަށް މާފަންނު މެދު ދާއިރާގެ މެމްބަރު އިބްރާހީމް ރަޝީދު (ބޮންޑޭ) ވިދާޅުވެއްޖެ އެވެ.

ބޮންޑޭ މިގޮތަށް ވިދާޅުވެފައި މިވަނީ ފަސް މިލިއަނަށް ވުރެ ދަށުގެ ޕްރޮކިއުމަންޓްތަކުގެ މައުލޫމާތު ހާމަކުރަން އަންގަވައި، ފިނޭންސް މިނިސްޓަރު އިބްރާހީމް އަމީރު، ސާކިއުލާއެއް ނެރުއްވާފައިވަނިކޮށެވެ. 

އެކަމާއި ގުޅިގެން ބޮންޑޭ ކުރެއްވި ޓްވީޓުގައި ވިދާޅުވީ ތަކެތި ގަންނަނީ ރައްޔިތުން ގެ ފައިސާއިން ކަމަށާއި އެހެންކަމުން، ފަސް މިލިއަން ރުފިޔާއަށް ވުރެ މަތި ވިޔަސް އަދި ތިރިވިޔަސް އެވޯޑް ކުރާ ޕްރޮކިއުމަންޓްތައް ވަގުތުން ހާމަކުރަން ޖެހޭނެ ކަމަށް ވިދާޅުވި އެވެ. 

ފިނޭންސް މިނިސްޓްރީން ނެރެފައިވާ ސާކިއުލާއެއްގައި ވަނީ ދައުލަތުގެ މާލިއްޔަތުގެ ގަވާއިދުގެ 10.13 ވަނަ މާއްދާގެ ދަށުން ދައުލަތުގެ އޮފީސްތަކުގައި ގާއިމްކޮށްފައިވާ ބިޑް ކޮމިޓީތަކުގައި ހިމެނޭ މެންބަރުންގެ މައުލޫމާތުތައް މިމަހުގެ 31 ވަނަ ދުވަހުގެ 14:00 ކުރިން ހުށަހަޅަން ޖެހޭނެ ކަމަށެވެ. 

އެގޮތުން ސަރުކާރުގެ އޮފީސްތަކުންނާއި، މިނިވަން މުއައްސަސާތަކުން ކުރިއަށްގެންދާ ޕްރޮކިއުމަންޓަކީ މާލިއްޔަތުގެ ގަވާއިދުގައި ބަޔާންކޮށްފައިވާ އަޑުގެ ޕްރޮކިއުމަންޓެއްނަމަ އެފަދަ ޕްރޮކިއުމަންޓްތައް އެވޯޑް ކޮށްފައިވާ ފަރާތުގެ މައުލޫމާތު، އެ ޕްރޮކިއުމަންޓެއް އެވޯޑްކުރެވުނު ތާރީހުން ފެށިގެން ސަރުކާރު ބަންދުނޫން ދުވަހުގެ ތެރޭގައި ދިވެހި ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަން ޖެހޭނެ ކަމަށް ސާކިއުލާގައިވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް