ads
މިނިސްޓަރު އިމްރާން އަބްދުﷲ--
ޖަލަކީ ދިވެހި ޒުވާނުން އުމުރު ހޭދަކުރަންޖެހޭ ތަނެއް ނޫން: މިނިސްޓަރު އިމްރާން
ޖަލަކީ ދިވެހި ޒުވާނުން އުމުރު ހޭދަކުރަންޖެހޭ ތަނެއް ނޫންކަމަށް ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސަރވިސް (އެމްސީއެސް)އިން ރިހެބިލިޓޭޝަން ފްރޭމްވާކްގެ ފޭސް 3 ގެ ދަށުން އެކި ކޯސްތައް ފުރިހަމަކުރި ގައިދީންނަށް ސެޓްފިކެޓް ދިނުމުގެ ރަސްމިއްޔާތަށް ފަހު މިނިސްޓަރު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ އެކި ސަބަބުތަކާއިހުރެ ގޯސްމަގުން ހިޔާރުކުރެވޭ މީހުންނަށް ހާއްސަކޮށް ޒުވާނުންނަށް އަލުން އަބުރާ ކުށުގެ ވެއްޓަށް ނުގޮސް ޒިންމާދާރު ދިރިއުޅުމެއް ބިނާކުރުމަށް އެހީވުމަކީ ސަރުކާރުން އިސްކަންދޭ ކަމެއް ކަމަށެވެ.

މިނިސްޓަރު ވިދާޅުވީ ޖަލަކީ ޒުވާނުން އުމަރު ހޭދަކުރަންޖެހޭ ތަނެއް ނޫންކަމަށެވެ. 

ދައުލަތުގެ ބެލުމުގެ ދަށުގައި ހުކުމް ތަންފީޒް ކުރަމުންދާ ގައިދީން އަލުން އަބުރާ މުޖުތަމައުއަށް ގެނެއުމަށްޓަކައި ހިންގާ ޕްރޮގްރާމް ގެ ތެރެއިން މަސައްކަތްތެރިކަމުގެ ހުނަރު ދަސްކޮށް އެކްރިޑިޓް ސެޓްފިކެޓް 50 މީހުންނަށް އިމްރާން ވަނީ މަރުހާބާ ދަންނަވާ ފައެވެ. 

ޢޭގެ އިތުރުން ޖަލުން ނިކުތުމަށް ފަހު، ލިބުނު ތައުލީމާއި ތަމްރީން އެންމެ އެދެވޭ ގޮތުގައި ބޭނުން ހިފުމަށް މިނިސްޓަރު ވަނީ އިލްތިމާސްކޮށްފައެވެ. 

އެ ޕްރޮގްރާމްގެ ދަށުން ޖުމްލަ 131 ގައިދީން އެކި ކޯސްތަށް ފުރިހަމަކޮށްފައިވާ ވާއިރު، މި ރަސްމިއްޔާތުގައި ސެޓްފިކެޓް ހަވާލުކުރެވިފައިވަނީ މި ވަގުތު ޖަލުގައި ތިބި 50 ޤައިދީންނަށެވެ. މީގެ އިތުރުން ހަޔަރޑިސްޓިންކްޝަން ހާޞިލްކުރި 18 އަންހެން ޤައިދީންނަށާއި 20 ފިރިހެން ޤައިދީންނަށް ވަނީ މެޑަލް ހަވާލުކޮށްފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް