ads
މަސްވެރިންތަކެއް މަސް ބާނަނީ-- ފޮޓޯ: ދިމަސްވެރިން/ ޓްވިޓާ
މަސްވެރިކަން ކުރިއަރުވަން ގިނަ މަސައްކަތްތަކެއް ވަނީ ކުރަންޖެހިފައި: އެމްއާރްއެމް
މަސްވެރިކަން ކުރިއެރުވުމަށް އަދިވެސް ގިނަ މަސައްކަތްތަކެއް ކުރަންޖެހޭ ކަމަށް މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް)އިން ބުނެފި އެވެ.

މަސްވެރިންގެ ދުވަހާއި ގުޅިގެން އެމްއާރްއެމްއިން ނެރެނު ނޫސްބަޔާނުގައި ބުނެފައިވަނީ، މަސްވެރިކަމަކީ ދިވެހިންގެ ލެޔާ ގުޅިފައިވާ މަސައްކަތެއް ކަމަށާއި، މަސްވެރިކަމުގެ ދާއިރާގައި މިހާރު ރާއްޖެ އެތައް ގުނައެއް ކުރިޔަށް ޖެހިފައިވާ ކަމަށެވެ.

މަސްވެރިކަމުގެ ސިނާއަތަކީ ރާއްޖެއަށް ވަރަށް ބޮޑު އާމްދަނީ އެއް ލިބޭ އެއް ސިނާއަތްކަން ފާހަގަކޮށް އެމްއާރްއެމްގެ ބަޔާނުގައި ބުނެފފަިއވަނީ މިއަދު މިދާއިރާގައި ޒުވާނުންގެ ބައިވެރިވުން އިތުރުވެފައި ވުމަކީ، ލިބުނު ވަރަށްބޮޑު ކުރިއެރުމެއް ކަމަށެވެ. 

އެމްއެމްއާރްއެމްގެ ބަޔާނުގައި ބުނެފައިވަނީ މަސްވެރިކަމުގެ ސިނާއަތް ކުރި އެރުވުމަށްޓަކައި އަދިވެސް އެތައް ގުނަ މަސައްކަތް ތަކެއް ކުރަން ޖެހިފައިވާކަމަށެވެ. 

"އެގޮތުން މަސްވެރިން ބާނާ މަހަށް އެކަށީގެން ވާ ރަނގަޅު އަގެން ލިބުމާއި، އެމަސް ކިރޭނެ އެކަށީގެންވާ އިންތިޒާމު ތަކެއް ނެތުމުގެ ޝަކުވާ އަކީ، މިއަދު މަސްވެރިން އެންމެ ގިނައިން ކުރަމުން ގެންދާ އެއް ޝަކުވާއެވެ." އެމްއާރްއެމްގެ ބަޔާނުގައިވެ އެވެ. 

އެގޮތުން، މިވޭތުވެ ދިޔަ ކޮވިޑް ގެ ދަތިހާލުގައިވެސް ކަންނެލި މަސްގަނެ ބޭރުކުރާ ކުންފުނިތަކަށް 100 މިލިއަން ގެ ލޯން ފެސިލިޓީއެއް ހަމަޖައްސައިދީ އަދި ކަޅުބިލަ މަސްގަތުމަށް އޮތް އެކްސްކުލޫސިވިޓީ އުވާލުމާއި، މަސްވެރިން ބާނާ މަހަށް ފައިސާ ދެއްކޭނެ މަގު ތަނަވަސްކޮށްދިނުމަކީ މިސަރުކާރުން މަސްވެރިންނަށް ދެއްވާ އަހަންމިއްޔަތުކަން ހާމަވެގެން ދާ ކަމެއްކަމަށް އެމްއާރްއެމްގެ ބަޔާނުގައި ފާހަގަކޮށްފައިވެ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް