ads
ކާގޯ ފެރީގެ ހިދުމަތް ދެކުނަށް ފެށުން--
ިއިންޑިއާއިން ރާއްޖޭގެ ދެކުނަށް ކާގޯ ފެރީގެ ހިދުމަތް ފަށައިފި
އިންޑިއާގެ ޓުޓިކޮރިންއިން ރާއްޖޭގެ ދެކުނަށް ކާގޯ ފެރީގެ ހިދުމަތް މިއަދު ފަށައިފި އެވެ.

މިއަދު އައްޑޫ ސިޓީ ހިތަދޫގައި ބަނދަރުކުރި އެ ކާގޯ ފެރީ އިން 2700 ގިނަ ޓަނުގެ މުދާވަނީ ރާއްޖެ ގެނެސްފަ އެވެ. އޭގެ ތެރޭގައި ކޮންސްޓަރަކްޝަން މަސައްކަތް ބޭނުންވާ ސާމާނާއި މޭވާއާއި ތަރުކާރީގެ ބާވަތްތައް ހިމެނެއެވެ.

މިއީ އައްޑޫ އަދި ހިތަދޫއަށް ވަރަށް އުފާވެރި ދުވަހެއްކަމަށް މޯލްޑިވްސް ޕޯސްޓް ލިމިޓެޑްގެ ޑެޕިޔުޓީ ސީއީއޯ އިބްރާހިމް އަބްދުﷲ ވަނީ ވިދާޅުވެފަ އެވެ. އަދި އަތޮޅުތެރޭގެ ތަރައްގީއަށް ވެސް މި ސަރުކާރުން އިސްކަމެއް ދޭނެކަމަށް ވެސް ވިދާޅުވި އެވެ.

ކޮންމެ 20 ދުވަހަކުން ދަތުރެއް "އެމްވީ ބޮންތި 2" ކާގޯ ފެރީ އިން ކުރުމަށް ހަމަޖެހިފައިވާ އިރު، މިއީ އިންޑިއާގެ ޓުޓިކޮރިން އާއި އައްޑޫ ސިޓީ އާއި ހުވަދޫ އަތޮޅު ގުޅާލުމުގެ ގޮތުން ބާއްވާ ކާގޯ ފެރީ އެކެވެ. 

މީގެ ކުރިން މި ބޯޓް އަންނަން ހަމަޖެހިފައިވަނީ މި މަހުގެ ހަވަނަ ދުވަހުގައި ކަމަށްވީ ނަމަވެސް، މޫސުން ގޯސްވުމުގެ ސަބަބުން ޓުޓިކޮރިންގެ ބަނދަރުން މުދާ އެރުވުމުގައި ދަތިތަކެއް ދިމާވެ، ދަތުރު ލަސްވީ ކަމަށް ބައެއް މީޑިއާތަކަށް މައުލޫމާތުދެއްވަމުން ސައީދު ވަނީ ވިދާޅުވެފަ އެވެ.

މި އަހަރުގެ ސެޕްޓެމްބަރު މަހުން ފެށިގެން ކުޅުދުއްފުށި ސިޓީ އާއި އިންޑިއާގެ ކޮޗިން އާއި ދެމެދު ކާގޯފެރީގެ ހިދުމަތްތައް ފަށާފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް