ads
ފޮޓޯ: މޯލްޑިވިއަން
އިތުރު 200 ބަންގްލަދޭޝް މީހުން ގައުމަށް ފޮނުވާލައިފި
ބަންގްލަދޭޝްގެ އިތުރު 200 މީހަކު އަނބުރާ ގައުމަށް ފޮނުވާލައިފި އެވެ.

ރާއްޖޭގައި ސައްހަ ލިޔެކިޔުން ނެތް ބަންގްލަދޭޝް މީހުންނާއި އެނބުރި ގައުމަށް ދާން ބޭނުން މީހުން ފުރުވާލުމަށް ސަރުކާރާއި މޯލްޑިވިއަން ގުޅިގެން ކުރިއަށް ގެންދާ އޮޕަރޭޝަނުގެ ދަށުން މިއަދު އިތުރު 200 މީހަކު ފޮނުވާލާފައިވާ ކަމަށް މޯލްޑިވިއަނުން ބުނެ އެވެ. 

މިހާތަނަށް މޯލްޑިވިއަނުން ވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ބަންގްލަދޭޝްގެ ވެރިރަށް ޑާކާއަށް، އެގައުމުގެ ރައްޔިތުން ގޮވައިގެން 40 އަށް ވުރެ ގިނަ ދަތުރުކޮށްފަ އެވެ. މިއާއެކު މޯލްޑިވިއަނުގެ ފްލައިޓްތަކުގައި ގެންދިޔަ މީހުންގެ އަދަދު މިވަނީ 9،000 އިން މައްޗަށް އަރާފަ އެވެ. 

މޯލްޑިވިއަންގެ ފްލައިޓުތަކުގައި އެމީހުން ގެންދިއުމުގެ މަސައްކަތް ކުރަމުން އަންނައިރު ކޮވިޑާއި ގުޅިގެން ރާއްޖެއަށް އެހީތެރިކަން ފޯރުކޮށްދޭން އައި އެގައުމުގެ އަސްކަރީ އުޅަނދުތަކެއްގައި ވެސް އެގައުމުގެ ރައްޔިތުންތަކެއް ގެންގޮސްފައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް