ads
ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓް-- ފޮޓޯ: އެމްބީއެސް ނިއުސް
ޗުއްޓީގައި ބާރުބޮޑުވާނެތީ އަވަހަށް އެއާޕޯޓަށް ދާން އެދިއްޖެ
ކުރިއަށް އޮތީ ބޮޑު ޗުއްޓީ ކަމަށްވެފައި، ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓުން ފުރާ ފަސިންޖަރުން ވަގުތު އޮއްވައި އަވަހަށް އެއާޕޯޓަށް ދިޔުމަށް މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް (އެމްއޭސީއެލް) އިން އިލްތިމާސް ކޮށްފި އެވެ.

އެމްއޭސީއެލުން ކުރި ޓްވީޓެއްގައި ބުނެފައި ވަނީ ދިގު ކިޔުތަކާއި ފްލައިޓު ޑިލޭތަކަށް ޖާގަ ނުދިނުމަށް އަވަހަށް އެއާޕޯޓަށް ދިއުމަށް އެދޭ ކަމަށެވެ. އެގޮތުން އިންޓަނޭޝަނަލް ދަތުރުތަކުގައި ފުރާ ފަސިންޖަރުން ފުރުމުގެ ތިން ގަޑިއިރު ކުރިން އަދި ޑޮމެސްޓިކް ދަތުރުތަކުގައި ދާ ފަސިންޖަރުން ފުރުމުގެ ދެ ގަޑިއިރު ކުރިން އެއާޕޯޓަށް ދިއުމަށް އެދޭ ކަމަށް އެމްއޭސީއެލުން ބުނެ އެވެ.

ޗުއްޓީ ދުވަސްވަރަކީ ގިނަ ބަޔަކު އެކި ތަންތަނަށް ދަތުރުކުރާ ދުވަސްވަރެކެވެ. އަދި ބޮޑު ޗުއްޓީ ދިމާވަނީ ގިނަ އަދަދެއްގެ ފަތުރުވެރިން ރާއްޖެ އަންނަ ދުވަސްވަރަކާ އެވެ.

މިއީ ޕީކް ސީޒަންކަމުން އެއާޕޯޓު ޓްރެފިކަށް ވަނީ ބާރުބޮޑުވެފަ އެވެ.
0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް