ads
ޗައިނާއިން ރައްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު
ދަރަނިތަކަށް ލުޔެއް ހޯދުމަށް މަޝްވަރާތައް މިހާރުވެސް ދަނީ ކުރިއަށް: ޗައިނާ ސަފީރު
ޗައިނާގެ ބޭންްތަކުން ރާއްޖެއިން ނަގާފައިވާ ލޯނުތަށް އަނބުރާ ދެއްކުމަށް ލުއިތަކެއް ހޯދުމުގެ މަޝްވަރާތަށް މިހާރު ވެސް ދަނީ ކުރިއަށް ކަމަށް ޗައިނާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު ޖަންގް ލިޖޮންގް ވިދާޅުވެއްޖެ އެވެ.

ސަފީރު މިހެން ވިދާޅުވީ، ލޯނު އަނބުރާ ދެއްކުމަށް ގްރޭސް ޕީރިއަޑްގެ ގޮތުގައި ދެ އަހަރު ބޭނުންވާ ކަމަށާއި ނޫންނަމަ ލޯނުތައް އަނބުރާ ނުދެއްކޭނެ ކަމަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވިދާޅުވުމުންނެވެ. 

ސަފީރު ވިދާޅުވީ، ރާއްޖެއިން ލޯނުތައް އަނބުރާ ދެއްކުމަށް އިތުރަށް ލުއިތަކެއް ހޯދުމަށް މިހާރުވެސް މަޝްވަރާތަށް ކުރިއަށްދާކަމަށާއި، ގުޅިގެން މަސައްކަތް ކޮށްފިނަމަ އިގްތިސާދީ އަނދަވަޅުން އަރައިގަތިމަށް ރަނގަޅު ހައްލެއް ލިބޭނެކަމުގެ ޔަގީންކަން އެބައޮތް ކަމަށެވެ. 

މީގެ އިތުރުން ސަފީރު ވިދާޅުވީ ރާއްޖެއާއި ޗައިނާ ދެމެދުގައި އޮތް ޒަމާންވީ ގާތް ގުޅުން އިތުރަށް ބަދަހިކުރުމަށް ރައީސް ނަޝީދު ތާއީދު ކުރައްވާކަން ބަލައިގަންނަ ކަމަށާއި، އެކަމަށްޓަކައި ޝުކުރު އަދާކުރައްވާ ކަމަށެވެ. 

ދަރަނި ދައްކަން ގްރޭސް ޕީރިއަޑްގެ ގޮތުގައި އިތުރު ދެއަހަރު ބޭނުންވާކަމަށް ނަޝީދު ވިދާޅުވީ ރާއްޖެއިން ޗައިނާއަށް ދައްކަން ޖެހޭ ލޯނުތަކާ ގުޅޭ "ހޯމްވޯކް" ހަދައިފިން ކަމަށާއި މި އަހަރު ދައްކަން ޖެހެނީ 1.7 މިލިއަން ޑޮލަރު ކަމަށް ޗައިނާ ސަފީރު ޖާންގް ލިޖޯންގް ވިދާޅުވި ޓްވީޓް ރީޓްވީޓް ކުރައްވަމުންނެވެ. 

ޗައިނާ މެެދުވެރިކޮށް ރާއްޖެއިން އެއް ބިލިއަން ޑޮލަރަށް ވުރެ ބޮޑު އަދަދަަކަށް ލޯނު ނަގާފައިވެ އެވެ. އަންނަ އަހަރަށް ލަފާކުރާ ދައުލަތުގެ ބަޖެޓްގައި ލޯނު އަނބުރާ ދެއްކުމަށް 4.9 ބިލިއަން ރުފިޔާ ހިމަނާފައި ވާއިރު ނަޝީދު ވިދާޅުވާ ގޮތުންނަމަ އެ ފައިސާގެ ތެރެއިން 80 އިންސައްތަ ފައިސާއަކީ ޗައިނާއިން ނަގާފައިވާ ލޯނުތައް އަނބުރާ ދެއްކުމަށް ހިމަނާފައިވާ ފައިސާ އެވެ.  

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް