ads
މާފުށީގެ ސަންރައިސް ބީޗް ގެސްޓްހައުސް-- ފޮޓޯ: ބުކިން ޑޮޓްކޮމް
ހާއްސަ އުސޫލުތަކަކާއެކު މާލޭގެ ގެސްޓްހައުސްތައް ހުޅުވުން މާދަމާ
މާލޭގެ ގެސްޓްހައުސްތައް މާދަމާ ހުޅުވަން ނިންމާފައިވާއިރު ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އާ ގުޅިގެން މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވައިލުމަށްޓަކައި ހާއްސަ އުސޫލުތަކެއް ތައްޔާރުކުރަމުން އަންނަ ކަމަށް ޓޫރިޒަމް މިނިސްޓްރީން ބުނެފި އެވެ.

ޓޫރިޒަމް މިނިސްޓްރީންނާއި އެޗްޕީއޭ ގުޅިގެން ތައްޔާރުކުރާ މި ހާއްސަ އުސޫލުތައް އަންނަ ހަފްތާގެ ތެރޭގައި އާންމު ކުރާނެ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ސީނިޔާ ޕޮލިސީ ޑިރެކްޓަރު އިބްރާހީމް ފަރުހާދު ވަނީ ރޭ ވިދާޅުވެފަ އެވެ.

"އަޅުގަނޑުމެން އެޗްޕީއޭއާއިއެކު މިހާރު މިދަނީ މި ސަރަހައްދަށް ވަކިން ގައިޑްލައިން ތައްޔާރުކުރުމަށް މަސައްކަތްކަތް ކުރަމުން. އިރާދަކުރެއްވިއްޔާ މިފެށޭ ހަފްތާގައި އެޗްޕީއޭއިން ޕަބްލިޝްކުރާނެ މި ގައިޑްލައިން. ކޮންމެ ސިޓުއޭޝަންއަކަށް ބެލުމަށްފަހު އަޅުގަނޑުމެން މި ގައިޑްލައިން މި ތަރުތީބުކުރަނީ. މިހާރު 14 ވަނަ ދުވަހު މާލެ ސަރަހައްދު ހުޅުވުމަށްޓަކައި ކުރަންޖެހޭ ކަންތައްތަކަކީ ކޮބައިތޯ ބަލައި، އެޗްޕީއޭއާއި އެކު ގައިޑްލައިން ފައިނަލައިޒްކުރުމުގެ މަސައްކަތް މިދަނީ ކުރަމުން،" ރޭ ޕީއެސްއެމްގެ ރާއްޖެ މިއަދު ޕްރޮގްރާމްގައި ވާހަކަ ދައްކަވަމުން ފަރުހާދު ވިދާޅުވި އެވެ.

ހާއްސަ އުސޫލުތައް އެކުލަވައިލަނީ ސަލާމަތީ ފިޔަވަޅުތަކަށް ބެލުމަށްފަހުގައިކަން ފާހަގަކުރައްވައި، އުސޫލުތައް އާންމުކުރާ އެންމެ ފުރަތަމަ ދުވަހު ހުއްދަ ނުދެވިދާނެ ކަމަށް ފަރުހާދު ވިދާޅުވި އެވެ. ނަމަވެސް ކޮވިޑް-19 ގެ ހާލަތަށް ބަލައި ހުއްދަތައް ދޫކުރަމުންދާނެ ކަމަށްވެސް އޭނާ ވިދާޅުވި އެވެ.

"ފަހަރުގަ ވެދާނެ މި ދަނޑިވަޅުގައި 14 ގައި ހުޅުވާއިރު ސައިޑްސީންއަށް ނުދެވި މިކަހަލަ އެންމެ ފުރަތަމަ ހުރެދާނެ އަޅުގަނޑުމެންނަށް އިނިޝިއަލީ ނުދެވޭނެކަހަލަ ހުއްދަތައް. އެހެންނަމަވެސް ހާލަތު ބަދަލުވަމުންދާ ވަރަކަށް އަޅުގަނޑުމެން އެ ހުއްދަތައް ދެވޭނެ. ސަލާމަތީގޮތުން އަޅުގަނޑުމެން ނަގަންޖެހޭ ފިޔަވަޅެއް އަޅުގަނޑުމެން ނަގާނަން. އަޅުގަނޑުމެންނަށް އެންމެ މުހިންމުވާނީ ދިވެހި ރައްޔިތުންގެ ސަލާމަތާއި ރައްކާތެރިކަން." ފަރުހާދު ވިދާޅުވި އެވެ.

ބޯޑަރު ހުޅުވާލި ފަހުން މިއަދާ ހަމައަށް ވެސް މާލޭގެ ގެސްޓްހައުސްތަކާއި ހޮޓެލްތައް ޓްރާންސިޓް ފެސިލިޓީތަކުގެ ގޮތުގައި ބޭނުންކޮށްފައިވާ އިރު، މާދަމާ މާލޭ ސަރަހައްދުގެ ގެސްޓްހައުސްތައް ހުޅުވައިލުމުގެ ހުއްދަ ދިނުމަށް ޓޫރިޒަމް މިނިސްޓްރީން ވަނީ ނިންމައިފަ އެވެ.

އޮކްޓޫބަރު 15 ގެ ފަހުން ގެސްޓްހައުސްތައް ހުޅުވައިލުމަށް ޓޫރިޒަމް މިނިސްޓްރީން ހުއްދަދީފައިވާ އިރު، މި މަހުގެ އެގާރަވަނަ ދުވަހުގެ ނިޔަލަށް 146 ގެސްޓްހައުސަކުން އަންނަނީ ހިދުމަތް ދެމުންނެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
100%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް