ads
ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު--- ފޮޓޯ ކަރެކްޝަންސް
މާލެ އާއި ހުޅުމާލެ ޖަލު އެއްކޮށްލުމުގެ މަސައްކަތް ފަށައިފި
މާލެ ޖަލާއި ހުޅުމާލެ ޖަލު އެއްކޮށްލުމުގެ މަޝްރޫއު އަމަލީ ގޮތުން ފަށާފައިވާ ކަމަށް ކޮމިޝަނާ އޮފް ޕްރިޒަންސް އަހްމަދު މުހައްމަދުފުޅު ވިދާޅުވެއްޖެ އެވެ.

މޯލްޑިވްސް ކަރެކްޝަނަލް ސާވިސްގެ ހުޅުމާލެ ޖަލުގެ އަށްވަނަ އަހަރީ ދުވަސް ފާހަގަ ކުރުމަށް ރޭ ބޭއްވި ހަފްލާއެއްގައި ވާހަކަ ދައްކަވަމުން އަހުމަދު މުހައްމަދު ވިދާޅުވީ މާލެ އާއި ހުޅުމާލެ ޖަލު އެއްކުރުމުގެ މަޝްރޫއު ބަޖެޓްގައި ހިމަނައި މި މަޝްރޫއުގެ ކޮންސެޕްޓް ޑްރޮވިން ނިމި، ޑީޓެއިލްޑް ޑްރޮވިންގެ މަޝްވަރާތައް ކުރަމުންދާ ކަމަށެވެ.

މީގެ އިތުރުން ކޮމިޝަނަރު ވިދާޅުވީ އެ ޖަލު ފުރިހަމައަށް ކުރަހާ ބައިނަލްއަގްވާމީ މިންގަނޑުތަކާއި އުސޫލުތަކާއި ހަމަތަކުގެ ތެރެއަށް ފެތޭ ގޮތަށް ޖަލުގެ މަސައްކަތް އަންނަ އަހަރުގެ ކުރީކޮޅު ފެށުމަށް ހަމަޖެހިފައިވާ ކަމަށާއި އެ ޖަލު ވެގެން ދާނީ ރާއްޖޭގައި ހެދޭ ސަރަހައްދީ އެންމެ ބޮޑު ޖަލު ކަމަށެވެ. އަދި މި ޖަލު ރިމާންޑް މީހުންނަށާއި އަންހެން ގައިދީންނާއި ކުޑަކުދިންނަށް ހާއްސަ ޖަލަކަށް ވާނެ ކަމަށް ކޮމިޝަނަރު ވިދާޅުވި އެވެ.

އަންނަ އަހަރު އިތުރު މަޝްރޫއެއްގެ ގޮތުގައި ހދ. ނޭކުރެންދޫ ޖަލު ތަރައްގީ ކުރުމުގެ މަޝްރޫއު ކުރިއަށް ގެންދިއުމަށް ހަމަޖެހިފައިވާ ކަމަށް ވެސް ކޮމިޝަނަރު ވަނީ ރޭގެ ހަފްލާގައި ވިދާޅުވެފަ އެވެ. 

މީހުން އެއްތަނުން އަނެއް ތަނަށް އުފުލުމަކީ އޮފިސަރުންގެ ގިނަ ވަގުތާއި ހަކަތަ ހޭދަވެ މަސައްކަތް ދެ ގުނަ ވެގެންދާނެ ކަމެށް ކަމުގައި ފާހަގަކުރައްވާ މާލެ ސަރަހައްދުގައި ގިނަ ކޯޓުތައް ގާއިމުވެފައި ހުރުމުން ހުޅުމާލެ ޖަލާއި މާލެ ޖަލު އެއްކޮށް ހުރިހާ ރިމާންޑް މީހުން އެ ޖަލަށް ބަދަލުކުރެވުމުން މި ކަމަށް ބޮޑު ހައްލެއް ލިބި އޮފިސަރުންނަށް ވެސް އިތުރު އެކޮމަޑޭޝަން ބްލޮކްއެއް ލިބިގެންދާނެ ކަމަށް ކޮމިޝަނަރު ވިދާޅުވިއެވެ.

ކޮމިޝަނަރު ވިދާޅުވި ގޮތުގައި ހުޅުމާލެ ޖަލާއި މާލެ ޖަލު ބޮޑު ކުރުމުގެ އަމަލީ މަސައްކަތް ފަށައި 2022 ގެ މެދު ތެރޭގައި ޖަލުގެ އިންފްރާސްޓްރަކްޗަގެ މަސައްކަތް ނިމިގެންދާނެ ކަމަށް ލަފާ ކުރެވެ އެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް