ads
މަހަށް ފުރަން ތައްޔާރުވަނީ--
ލޮނުފެނުން މަސް ފިނިކުރާ ސިސްޓަމްގެ ޑިއުޓީ މައާފުކޮށްދީފި
ލޮނުފެނުން މަސް ފިނިކުރާ ނިޒާމު ނުވަތަ، ރެފްރިޖަރޭޓެޑް ސީވޯޓާ ސިސްޓަމް އެތެރެކުރުމަށް ނަގާ ޑިއުޓީ މާއާފު ކޮށްފިނުމަށް ނިންމައިފިއެވެ.

ފިޝަރީޒް މިނިސްޓްރީން ކުރި އިއުލާނެއްގައި ބުނެފައިވަނީ، ރެފްރިޖަރޭޓެޑް ސީވޯޓާ ސިސްޓަމް އެތެރެކުރާ ފާރާތްތަކަށް ޑިއުޓީ މައާފު ކުރެވޭނެ އިންތިޒާމް މިހާރު ހަމަޖެހިފައިވާ ކަމަށެވެ. އެގޮތުން އިކޮނޮމިކް މިނިސްޓްރީ އަށް ޑިއުޓީ މާއާފު ކުރާ ފޯމާއެކު އިންވޮއިސް ހުށަހަޅެމުން ޑިއުޓީ މާއާފު ކޮށްދެވޭނެކަމަށް ފިޝަރީޒް މިނިސްޓްރީން ބުނެއެވެ. 

ރެފްރިޖަރޭޓެޑް ސީވޯޓާ ސިސްޓަމް އަކީ އައިސް ގަންނަން ކުރާ ހޭދަ ކުޑަކުރުމަށް މަސްވެރިން ބޭނުންކުރަމުންދާ ސިސްޓަމެކެވެ. ފިޝަރީޒް މިނިސްޓްރީން ބުނީ، މި ސިސްޓަމް އެތެރެކުރުމަށް ނަގާ ޑިއުޓީ މައާފް ކުރުމުން މަސްވެރިކަމުގެ ސިނާއަތުގައި ހަރަކާތްތެރިވާ ފަރާތްތަކަށް މި ސިނާއަތް އިތުރަށް ތަރައްގީކުރުމަށް ލުޔެއް ލިބިގެންދާނެކަމަށެވެ. 

ބާނާ މަސްކޮޅު ކިރުމަށާއި އައިސް ހޯދުމަށް ކިއުގައި ގިނަ ދުވަހު ތިގެން ޖެހުމަކީ މަސްވެރިން އަބަދުވެސް ކުރަމުން އަންނަ ޝަކުވާއެކެވެ. މީގެއިތުރުން ބާނާ މަސްކޮޅަށް ހަމަ އަގު ނުލިބޭކަމުގެ ޝަކުވާއަކީވެސް މިހާރު މަސްވެރިން އެންމެ ބޮޑަށް ކުރަމުން އަންނަ ޝަކުވާއެވެ. 

މަސްވެރިންނަށް ދިމާވެފައިވާ ދަތިތައް ހައްލުކޮށްދިނުމާއި ބާނާ މަސްކޮޅަށް ހަމައަގު ހޯދައިދިނުމަކީ ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވައުދުފުޅެކެވެ. މިގޮތުން، މަސްވެރިކަމަކީ ރާއްޖޭގެ އެންމެ ފުޅާ އިގްތިސޯދީ ވަސީލަތައް ހެދުމުގެ ވަގުތު ޖެހިފައިވާ ކަމަށް، މަސްވެރިންގެ ދުވަހު ރައީސް ދެއްވި ހިތާބުގައި ވަނީ ވިދަޅުވެފައެވެ.

އެގޮތުން މަސްވެރިކަމުގެ ސިނާއަތް ތަރައްގީކޮށް މަސްވެރިންނަށް އައިސް ލިބުމުގެ ދަތިކަން ހައްލުކޮށްދިނުމަށް، އަންނަ އަހަރު މުޅިން އާ ހަތް އައިސް ޕްލާންޓް އެޅުމުގެ މަސައްކަތް ފެށުމާއި، ދޯނިފަހަރުގެ ވަތުގައި ފެން ފިނިކުރާ ނިޒާމުތައް ގާއިމުކުރުމުގެ މަސައްކަތްތައް އިތުރުކުރުމަށް ނިންމަވާފައިވާ ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް