ads
ހއ.ކެލާ ފޮޓޯ:ސަން
ކެލާއިން ތުއްތު ކުއްޖެއް ކޮވިޑަށް ޕޮޒިޓިވްވެއްޖެ!
ހއ ކެލައިން ތުއްތު ކުއްޖަކު ކޮވިޑް 19 އަށް ޕޮޒިޓިވް ވެއްޖެއެވެ.

ސީއެންއެމް އަށް މައުލޫމާތު ދެއްވަމުން ކެލާ ހޮސްފިޓަލް އިންޗާޖު އިބްރާހިމް ރުޝްދީ ވިދާޅުވީ ޕޮޒިޓިވް ވެފައި ވަނީ އެއް ގެއެއްގައި ހޯމް ކަރަންޓީން ގައި ހުރި 7 މީހެއްގެ ތެރެއިން ތުއްތު ކުޑަ ފިރިހެން ކުއްޖެއް ކަމަށެވެ.

ރުޝްދީ ވިދާޅުވީ އެމީހުން ނަކީ މާލެއިން ރަށައް ދިޔަ ބަޔެށް ކަމަށާއި 14 ދުވަހުގެ ހޯމް ކަރަންޓީން ފުރިހަމަ ކުރުމަށް ފަހު ނެގި ސާމްޕަލް އިން މި ތުއްތު ކުއަޖާ ވަނީ ޕޮޒިޓިވް ވެފައެވެ. މި ކުއްޖާ ގެ އުމުރަކީ 2 އަހަރުކަމަށް ބެލެވޭކަމަށް މައުލޫމާތު ދެއެވެ.

މީގެ ކުރިންވެސް ކެލައިން ވަނީ ޕޮޒިޓިވް ކޭސްތަކެއް ފެނިފައެވެ. އެގޮތުން އެންމެ ފަހުން އެ ރަށުން ޕޮޒިޓިވް ކޭސް އެއް ފެނިފައި ވަނީ މި ދިޔަ މަހުގެ 29 ވަނަ ދުވަހެވެ. 

އިއްޔެ ރާއްޖޭއިން 20 މީހުން ވަނީ ކޮވިޑަށް ޕޮޒިޓިވް ވެފައެވެ. މި 20 މީހުންގެ ތެރޭގައި ހިމެނެނީ މާލެ ސަރަހައްދުން ޕޮޒިޓިވް ވި 15 މީހަކާއި އަތޮޅު ތެރެއިން ޕޮޒިޓިވް ވި 5 މީހެއް ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފައެވެ.

ރާއްޖެއިން ކޮވިޑް ޖެހުނު މީހުންގެ ޖުމްލަ އަދަދު ވަނީ 13،368 އަށް އަރާފައެވެ. އޭގެ ތެރެއިން މިއަދު 47 މީހަކު ރަނގަޅު ވެފައި ވާއިރު ބަލިން ރަނގަޅު ވި ޖުމްލަ މީހުންގެ އަދަދު ވަނީ 12،706 އަށް އަރާފައެވެ.

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް