ads
ޑިފެންސް މިނިސްޓަރު މާރިޔާދީދީ ފޮޓޯ: އެމްއެންޑީއެފް
މަސްކަނޑުތައް ހިމާޔަތްކުރުމުގައި ސިފައިން ދެމިތިބޭނެ: މިނިސްޓަރު މާރިޔާ
ދިވެހި މަސްކަނޑުތައް ހިމާޔަތްކުރުމުގައި ސިފައިން ދެމިތިބޭނެ ކަމަށް ޑިފެންސް މިނިސްޓަރު މާރިޔާ ދީދީ ވިދާޅުވެއްޖެ އެވެ.

ސިފައިންގެ މަޖައްލާއަށް ލިޔުއްވި ލިޔުމެއްގައި މިނިސްޓަރު މާރިޔާ ވަނީ މަސްވެރިންގެ ދުވަހަށް އަލިއަޅުއްވާލައްވާފަ އެވެ. އެގޮތުން މިނިސްޓަރު މާރިޔާ ވިދާޅުވީ މަސްވެރިކަމަކީ އެތައް ސަތޭކަ އަހަރަކަށް ދެމިގެންދާ ދިގު އަދި ފަހުރުވެރި މާޒީއެއް އޮތް ދިވެހިންގެ އިގްތިސާދީ ތަރިކަ ކަމަށެވެ. މި ތަރިކަޔާއި ދިވެހި ލެޔާ ގުޅިފައިވާ ކަން ފާހަގަކޮށް ވިދާޅުވީ ދިވެހި މަސްކަނޑުތައް ހިމާޔަތްކޮށް އަންނަން އޮތް ޖީލުތަކަށް މި ތަރިކަ ރައްކާތެރިކަމާއެކު ފޯރުކޮށްދިނުމުގައި ސިފައިން ސާބިތުވެ ދެމިތިބޭނެ ކަމަށެވެ. 

"ރާއްޖޭގެ މަސްކަނޑުތަކުން ވައްކަން ކުރަން ބޭރުން އަންނަ މަސްބޯޓުތައް އަތުލައިގަންނަން ވިޔަސް، މަސްވެރިއެއްގެ ލޮލަށް ބުޅިއެއް ހެރުނަސް، އެންދަމަން އުޅެނިކޮށް ހާލު ދެރަވިޔަސް، މަސް ދޯންޏެއް ގެއްލުނަސް، މަސްދޯންޏެއް ދިޔަވެ، ދިޔަހިއްކަންޖެހުނަސް، ހުޝިޔާރުކަމާއެކީ ސިފައިން ކާރިސާތަކަށް އިޖާބަދީ، ރައްޔިތުންގެ ފުރާނަޔާއި މުދާ ސަލާމަތްކުރުމުގައި ރެއާއި ދުވާލު، ހަރަކާތްތެރިވަމުންދާ ސިފައިންގެ ހިދުމަތް އަޅުގަނޑުމެން ބަލައިގަންނަނީ ނުހަނު ޝުކުރާއިއެކީގަ އެވެ." މިނިސްޓަރު މާރިޔާގެ ލިޔުމުގައިވެ އެވެ. 

މީގެ އިތުރުން ބައިނަލްއަޤްވާމީ ފެންވަރެއްގައި ފާހަގަކުރާ އިންސާނީ ހައްޤުތަކުގެ ދުވަހާއި ގުޅިގެން މިނިސްޓަރު މާރިޔާ ވިދާޅުވެފައިވަނީ އިންސާނަކަށް ވީތީ ލިބިދޭންޖެހޭ އަސާސީ ހައްޤުތައް އެއްވެސް ތަފާތެއްނެތި، އެންމެހާ ރައްޔިތުންނަށް ކަށަވަރު ކޮށްދެއްވުމަށްޓަކައި، ރައީސް ދެއްވާ އަހައްމިޔަތުކަން ފާހަގަކުރާ ކަމަށެވެ. 

އެގޮތުން ސިފައިނަށް ބޯހިޔާވަހިކަން ފޯރުކޮށްދިނުމަށާއި ސިފައިންގެ ވެލްފެއާ އާއި ޗުއްޓީއާއި ބޭސްފަރުވާއާއި ސިފައިންނަށް ދެވޭ އިނާޔަތްތަކާއި ގުޅޭ ކަންކަން ވަރަށް ގާތުން ބައްލަވާ ހެޔޮ ބަދަލު ގެންނަވާތީ ރައީސަށް ޝުކުރު ދަންނަވާކަމަށް މިނިސްޓަރު މާރިޔާގެ ލިޔުމުގައިވެ އެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް