ads
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ---
މިނިސްޓަރު ނަހުލާއަށް ބޮޑެތި ތުހުމަތުތަކެއް ކުރައްވާ، ޕީއެސް އިސްތިއުފާ ދެއްވައިފ
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާއަށް ބޮޑެތި ތުހުމަތު ތަކެއް ކުރައްވާ އެ މިނިސްޓްރީގެ ޕާމަނެންޓް ސެކްރަޓަރީ އަބްދުﷲ ފަޔާޒު އިސްތިއުފާ ދެއްވައިފި އެވެ.

އޭނާ މަގާމުން އިސްތިއުފާ ދެއްވާފައިވަނީ އިއްޔެގެ ވަގުތެއްގަ އެވެ. ސިވިލް ސާވިސް ކޮމިޝަން (ސީއެސްސީ)އަށް ފަޔާޒު ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ، ނަފްސާނީގޮތުންވެސް މަސައްކަތްތައް ކުރެވޭނެކަހަލަ މާހައުލެއް ޓްރާންސްޕޯޓް މިނިސްޓްރީގައި ނެތް ކަމަށެވެ. 

ފަޔާޒް އޮކްޓުބަރު މަހުގެ ތެރޭގައި މަސްދުވަހަށް ސަސްޕެންޑް ކުރި އިރު، ސީއެސްސީއަށް ފޮނުވި ސިޓީގައި ވިދާޅުވެފައިވަނީ މަސައްކަތްކޮށްފައިވާނީ ގާނޫނާއި ގަވައިދުތަކާއި އެއްގޮތްވާގޮތުގެ މަތިން ކަމަށެވެ. އަދި ސަސްޕެންޝަން އުވާލުމުން ވަޒީފާއަށް ނިކުތް ކަމަށާއި، އެހެން ނަމަވެސް މަގާމުން އިސްތިއުފާ ދެއްވުމަށް މިނިސްޓަރު ނަހުލާ އެންގެވި ކަމަށެވެ. އަދި އިސްތިއުފާ ނުދީފި ނަމަ ވަކިކުރަން ސީއެސްސީއަށް ލިޔުއްވާނެ ކަމަށް މިނިސްޓަރު ނަހުލާ ވިދާޅުވި ކަމަށް ފަޔާޒުގެ ސިޓީގައިވެ އެވެ. 

މިނިސްޓަރު ނަހުލާއާއި ހިޔާލު ތަފާތުވާންފެށީ ބައެއް ކަންކަން އޮންނަ އުސޫލުގެ ތެރެއިން ކުރިއަށް ގެންދަން އޭނާ ތާއީދު ނުކުރައްވަން ފެއްޓެވެމުން ކަމަށާއި، އޭގެ ތެރޭގައި އެއްފަހަރާ ގިނަ އަދަދެއްގެ މުވައްޒަފުން ވަކިކުރަން ނިންމި ނިންމުން ހިމެނޭ ކަމަށެވެ. 

ފަޔާޒް ސިޓީގައި އިތުރަށް ބުނެފައިވަނީ އޭނާއާއި ގުޅޭގޮތުން މިނިސްޓަރު ނަހުލާ އިސްވެ ހުންނަވާ ސާބިތު ނުހިފޭ ވާހަކަތައް ދައްކަވާފައިވާ ކަމަށެވެ.  

40%
ކަމުގޮސްފި
20%
އަޑުއެހިތާ މިހުރީ
40%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް