ads
ރައީސް މައުމޫން---
ނައްސަކުން ސާބިތު ނުވާ ނަމަ އެކަމެއްގެ ރަނގަޅާއި ނުބަޔަށް ބަލަން ޖެހޭނެ: މައުމޫން
ނައްސަކުން ސާބިތު ނުވާ ކޮންމެ ކަމެއް ވެސް ނިންމަން ވާނީ އެކަމެއްގައި ހިމެނޭ ރަނގަޅާއި ނުބަޔަށް ބެލުމަށް ފަހު ކަމަށް ކުރީގެ ރައީސް އަދި ކޯލިޝަން ސަރުކާރުގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމަންޓް (އެމްއާރްއެމް) ގެ ލީޑަރު މައުމޫން އަބްދުލް ގައްޔޫމް ވިދާޅުވެއްޖެ އެވެ.

އަވައްޓެރި ސްރީލަންކާގައި ކޮވިޑް-19 ޖެހިގެން މަރުވާ މުސްލިމުން ރާއްޖޭގައި ވަޅުލައިދޭން އެގައުމުން އެދުމާއެކު ބޮޑު ބަހުސެއް އުފެދިފައިވާ މި ދަނޑިވަޅުގައި މައުމޫން ތާއީދު ކުރައްވަނީ އެކަން ރާއްޖޭގައި ނުކުރުމަށެވެ. އަދި އެކަމާ ދެކޮޅަށް ގިނަ ޓްވީޓުތަކެއް ކުރައްވާފަ އެވެ. 

"ކީރިތި ގުރުއާނުގައި މުސްލިމުންނަށް މުހާތަބު ކުރައްވާފައި ވަނީ ބުއްދީގެ އަހުލުވެރިންގެ ގޮތުގައި. ވީމާ އެކި ކަންކަން ނިންމާއިރު އަޅުގަނޑުމެން ބުއްދީގެ ބޭނުން ކުރުން ލާޒިމް. މިގޮތުން ނައްސަކުން ސާބިތު ނުވާ ކޮންމެ ކަމެއް ވެސް ނިންމަން ވާނީ އެކަމެއްގައި ހިމެނޭ ރަނގަޅާއި ނުބަޔަށް ބަލާފައި،" މިއަދު މެންދުރު ފަހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވި އެވެ. 

ލަންކާ މުސްލިމުން ކޮވިޑުގައި މަރުވުމުން ރާއްޖޭގައި ވަޅުލާން އެދުމާއެކު މައުމޫން ވިދާޅުވީ އެކަމަށް ރާއްޖެއިން އެއްބަސްވެއްޖެ ނަމަ އެއީ ލަންކާއިން އެގައުމުގެ މުސްލިމުންނާ ދެކޮޅަށް ހިންގާ ޖަރީމާތަކަށް ދެވޭ އެއްބާރުލުމަކަށް ވެދާނެ ކަމަށެވެ. 

އެހެން ނަމަވެސް ބައެއް އެހެން ބޭފުޅުން ގެންދަވަނީ އެކަން އެގޮތަށް ކުރުން މާ ރަނގަޅު ކަމަށް ވިދާޅުވަމުންނެވެ. އެގޮތުން އިސްލާމިކް މިނިސްޓަރު ޑރ. އަހްމަދު ޒާހިރާއި، ކުރީގެ އިސްލާމިކް މިނިސްޓަރު މުހައްމަދު ޝަހީމާއި ދީނީ އިލްމުވެރިޔާ އަދި އަދާލަތު ޕާޓީގެ ޑރ. މުހައްމަދު އިޔާޒް ފާހަގަކުރެވެ އެވެ. 

0%
ކަމުގޮސްފި
100%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް