ads
ބޯކޯ ހަރާމް--
ބޯކޯ ހަރާމްއިން މިފަހަރު ރަހީނު ކުރީ 300 ފިރިހެން ކުދިން!
ނައިޖީރިއާގެ ހުޅަނގު ދެކުނު އަވަށެއްގެ ފިރިހެން ކުދިންގެ ހާއްސަ ސްކޫލަކުން 300 އަށް ވުރެ ގިނަ ކުދިން ރަހީނު ކުރީ ޓެރަރިސްޓް ޖަމިއްޔާ ބޯކޯ ހަރާމް އިން ކަމަށް ބުނެފި އެވެ.

ބޯކޯ ހަރާމްގެ ލީޑަރު ކަމަށް ބުނާ މީހެއްގެ އޯޑިއޯއެއް މިއަދު އާއްމުކޮށްފައި ވާއިރު، އޭނާ ވަނީ ކުދިން ރަހީނު ކުރުމުގެ ޒިންމާ ނަގާ ކަމަށް ބުނެފަ އެވެ. 

އެހެން ނަމަވެސް އެކަން ސާބިތު ކުރުމަށް އެއްވެސް ހެއްކެއް ނުދައްކަ އެވެ. އެ ސަރަހައްދަކީ ގޭންގުތަކުން މީހުން އާއްމުކޮށް ރަހީނުކުރާ ސަރަހައްދެކެވެ.

ކަންކަރަ އަވަށުގެ ގަވަމަންޓް ސައިންސް ސްކޫލަށް ހަތިޔާރު ހިފައިގެން ބަޔަކު ވަދެ ކުދިންތައް ގެންދިޔެއީ މިދިޔަ ހުކުރު ދުވަހު އެވެ. ބައެއް ކުދިން އަމިއްލައަށް ސަލާމަތްވި ނަމަވެސް 320 ކުއްޖަކު ރަހީނުކުރި އެވެ. 

ބޯކޯ ހަރާމްގެ މާނައަކީ ހުޅަނގުގެ ތައުލީމާ ދެކޮޅުވުމެވެ. މިއަދު ނެރުނު އޯޑިއޯގައި ވެސް ބުނެފައި ވަނީ އެ ހަމަލާއަކީ ހުޅަނގުގެ ތައުލީމަކީ އިސްލާމްދީނާ ދެކޮޅު އެއްޗަކަށް ވުމުން ދިން ހަމަލާއެއް ކަމަށެވެ. 

މީގެ ކުރިން 2014 ވަނަ އަހަރު ބޯކޯ ހަރާމް އިން ދިން މިފަދަ ހަމަލާއެއްގައި 200 އަށް ވުރެ ގިނަ އަންހެން ކުދިން ސްކޫލަކުން ރަހީނުކުރި އެވެ. އޭގެ ތެރެއިން ބައެއް ކުދިން ސަލާމަތްވިއިރު، އިތުރު ކުދިން ވަނީ މަރުވެ، ބޯކޯ ހަރާމްގެ ޕްރޮޕެގެންޑާ ވީޑިއޯތަކުގައި ދައްކާލާފަ އެވެ. 

ބޯކޯ ހަރާމްއިން 2009 ވަނަ އަހަރު ނައިޖީރިއާގައި ހަރަކާތްތެރިވާން ފެށި ފަހުން ހިނގަމުންދާ ހަމަނުޖެހުންތަކުގައި 30،000 އަށް ވުރެ ގިނަ މީހުން މަރުވެފައި ވެއެވެ. 

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް