ads
ފޮޓޯ؛-- ދިރާގު
ދިރާގުގެ ހޯމް ފިކްސްޑް ބްރޯޑްބޭންޑުން ދެގުނަ ޑޭޓާ
ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ދެގުން ޑޭޓާ ލިބޭނެ ކަމަށް ދިރާގުން ބުނެފިއެވެ.

ދިރާގު ބުނީ ހޯމް ފިކްސްޑް ބްރޯޑްބޭންޑް ކަސްޓަމަރުންނަށް ހާއްސަކޮށްގެން ނުވެންބަރު މަހުފެށި ފިކްސްޑް ބްރޯޑް ބޭންޑް ބޫސްޓަރް ތަކުން ދެގުނަ އިތުރު ޑޭޓާ ލިބޭ ޕްރޮމޯޝަން 31 ޑިސެންބަރު  2020ގެ ނިޔަލަށް ވަނީ އިތުރުކޮށްފަކަމަށެވެ. އަދި މި ޕްރޮމޯޝަނުގެ ދަށުން ކޮންމެ ދިރާގު ހޯމް ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރް އެއް އެކްޓިވޭޓް ކުރިކަމުގައި ވިޔަސް 2 ގުނަ ޑޭޓާ  ކަސްޓަމަރުންނަށް ލިބިގެންދާނެކަމަށެވެ.

ފިކްސްޑް ބްރޯޑްބޭންޑް ބޫސްޓަރް އެކްޓިވޭޓް ކުރުމަށް ދިރާގު މޯބައިލް އެޕް ނުވަތަ ދިރާގު ވެބްސައިޓުގައިވާ "މައި އެކައުންޓް" އަށް ލޮގިން ކުރުމަށްފަހު އެކައުންޓް ޔޫސޭޖް ޕޯޓަލް މެދުވެރިކޮށް ކުރެވޭނެކަމަށް ދިރާގުން ބުނެއެވެ.

ދިރާގުން ދަނީ ކަސްޓަމަރުންގެ ޑިޖިޓަލް ތަޖުރިބާ ވީހާވެސް ފުރިހަމަކޮށް ކަސްޓަމަރުންނަށް ގިނަ މަންފާއާއި ފައިދާ ލިބޭން ގޮތަކަށް އިންޓަނެޓް ޕެކޭޖްތައް ފަރުމާކޮށް ޕްރޮމޯޝަންތައް ބާއްވަމުންނެވެ. ދިރާގު ފައިބަރް ބްރޯޑްބޭންޑް ހިދުމަތަކީ ރާއްޖޭގައި މިހާރު ފޯރުކޮށްދެމުންދާ އެންމެ ގިނަ އެލަވަންސް އަދި އެންމެ މަތީ ސްޕީޑްގެ ޕެކޭޖްތައް ހިމެނޭ ރާއްޖޭގެ އެންމެ ބޮޑު ފައިބަރް ނެޓްވޯކެވެ. އެގޮތުން މިހާރު ރާއްޖޭގެ ގޭބިސީގެ 80 އިންސައްތައަށް މި ހިދުމަތް ދިރާގުން ވަނީ ފޯރުކޮށްދީފައިއެވެ.

   

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް