ads
ކާށިދޫ ދާއިރާގެ މެންބަރު އަބްދުﷲ ޖާބިރު
މީހުން ވަޅުލުން ޓޫރިސްޓު ޕްރޮޑަކްޓަކަށް ހެދިދާނެ: ޖާބިރު
މަރުވާ މީހުން ވަޅުލުމަކީ ޓޫރިޒަމްގެ އާ ޕްރޮޑެކްޓެއްގެ ގޮތުގައި އާމްދަނީ ހޯދުމަށް ކުރެވިދާނެ ކަމެއް ކަމަށް ކާށިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ޖާބިރު ވިދާޅުވެއްޖެ އެވެ.

ޑީއާރުޕީގެ ލީޑަރު ޖާބިރު މިގޮތަށް ވިދާޅުވެފައި މިވަނީ ކޮވިޑް-19 ގައި މަރުވާ ސްރީލަންކާގެ މުސްލިމުން ރާއްޖޭގައި ވަޅުލައިދެވޭނެ ގޮތެއް ހޯދައިދިނުމަށް އެދި އެގައުމުގެ ރައީސް ރާޖަޕަކްސަ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުޙައްމަދު ސާލިހަށް ސިޓީފުޅެއް ފޮނުއްވާފައިވާ ދަނޑިވަޅެއްގަ އެވެ. 

އެކަމުގައި ދެބަސްވުން ބޮޑުވެފައިވަނިކޮށް ޖާބިރު ވިދާޅުވީ ރާއްޖެއަށް ގައިން ގަޔަށް އަރާއި ބޮޑެތި ބަލިޖެހިގެން މަރުވާ މީހުން ގެނެސް ވަޅުލުމުގެ އިންތިޒާމު ހަމަޖެއްސުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ. އެހެންނަމަވެސް، ޓޫރިޒަމްގެ އާ ޕްރޮޑެކްޓެެއްގެ ގޮތުގައި "ފިއުނަރަލް ސާވިސަސް" ތައާރަފުކުރުމަކީ އިތުރު އާމްދަނީ ހޯދުމަށް ހުޅުވިގެންދާ ދޮރެެއް ކަމަށެވެ. 

ޖާބިރު އެގޮތަށް ވިދާޅުވިއިރު އިސްލާމީ އުޚުއްވަތްތެރިކަން ދެމެހެއްޓުމުގެ މަތިވެރި ނިޔަތާއި މަގްޞަދުގައި، އަދި ދިވެހިރާއްޖެއާ ސްރީލަންކާއާ ދެމެދު އޮތް ޒަމާންވީ ގުޅުމުގެ މައްޗަށް ރިއާޔަތްކުރައްވައި، ސްރީލަންކާގެ މުސްލިމުންނަށް ފޯރުކޮށްދެވޭ ހާއްސަ އެހީތެރިކަމެއްގެ ގޮތުގައި ސްރީލަންކާގެ ރައީސްގެ އެ ހުށަހެޅުއްވުމުގައި އެދިވަޑައިގެންފައިވާ ކަންކަން އިންތިޒާމް ކުރެވޭނެ ގޮތެއް އޮތްތޯ ބެލުމަށް ރައީސް ގެންދަވަނީ ސަރުކާރުގެ ކަމާ ބެހޭ އިދާރާތަކުގެ މެދުގައި މަޝްވަރާކުރައްވަމުން ކަމަށް ފޮރިން މިނިސްޓްރީން ބުނެ އެވެ.  

އެހެންނަމަވެސް ބައެއް ފަރާތްތަކުން އަންނަނީ އެކަމުގައި ކަންބޮޑުވުން ފާޅުކުރަމުންނެވެ. ބައެއް ދީނީ އިލްމުވެރިން އެކަމަށް ތާއީދުކުރި ނަމަވެސް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވަނީ ކޯވިޑް ބަލީގައި މަރުވާ ސްރީލަންކާގެ މުސްލިމުންގެ ހަށިތައް ރާއްޖޭގައި ވަޅުލައިދިނުމަކީ ދީނީގޮތުން ކޮށްދޭންޖެހޭނެކަމެއް ނޫން ކަމަށާއި، އަދި އެކަންކޮށްދީފިނަމަ އެކަންވާނީ އެގައުމުގެ ސަރުކާރުން މުސްލިމުންނާއި މެދު އަމަލުކުރަމުންދާ ގޮތަށް ކުރެވޭ ތާއީދަކަށް ކަމަށް ވިދާޅުވެފަ އެވެ. 

14%
ކަމުގޮސްފި
14%
އަޑުއެހިތާ މިހުރީ
14%
ސަތޭކައަކުން ސުމެއް
57%
ވަރަށް ސަލާމް
ކޮމެންޓްސް