ads
މިނިސްޓަރު އަބްދުﷲ ޝާހިދު--
މިނިސްޓަރު ޝާހިދު ކަޒަކްސްތާނަށް މިނިވަންދުވަހުގެ ތަހުނިޔާ ފޮނުއްވައިފި
ކަޒަކިސްތާންގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު، ކަޒަކިސްތާނުގެ ފޮރިން މިނިސްޓަރަށް ތަހުނިޔާގެ މެސެޖެއް ފޮނުއްވައިފި އެވެ.

މިއަދު އެމަނިކުފާނު ކަޒަކިސްތާންގެ ސަރުކާރަށާއި، އެގައުމުގެ ރައްޔިތުންނަށް މިނިވަން ދުވަހުގެ ތަހުނިޔާ އާއި މުބާރަކުބާދީ ފޮނުއްވައި ކުރެއްވި މެސެޖުގައި ދެ ގައުމުގެ ދެމެދުގައި އޮންނަ ގުޅުން އިތުރަށް ބަދަހިކުރުމުގެ މައްޗަށް އަލި އަޅުއްވާލައްވާފައިވެ އެވެ.

އެގޮތުން މިނިސްޓަރު ޝާހިދު ވަނީ ކުރިއަށް އޮތް އަހަރުތަކުގައި ވެސް ރާއްޖެއާއި ކަޒަކިސްތާނާއި ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިވެގެން ދާނެ ކަމަށް އުންމީދު ކުރައްވައިފަ އެވެ.

މެސެޖު ނިންމާލަމުން މިނިސްޓަރު ޝާހިދު ވަނީ ކަޒަކިސްތާންގެ ފޮރިން މިނިސްޓަރަށާއި އެ ގައުމުގެ ރައްޔިތުންނަށް އިތުރު ފާގަތިކަމާއި ކާމިޔާބަށް އެދިވަޑައިގެންފަ އެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް