ads
ހަމަލާ ދިން ސައުދީގެ ތެޔޮ ބޯޓު:--
ސައުދީ ތެޔޮ ޓޭންކަރަށް ދިން ހަމަލާ ސަރުކާރުން ކުށްވެރިކޮށްފި
ސައުދީ އަރަބިއްޔާގެ ތެޔޮ އުފުލާ ބޯޓަކަށް އަމާޒުކޮށްގެން ދިން ހަމަލާ، ދިވެހި ސަރުކާރުން ކުށްވެރިކޮށްފި އެވެ.

ދިވެހި ސަރުކާރުން މިއަދު ނެރުނު ބަޔާނެއްގައި ސަރުކާރުން ވަނީ މި މަހުގެ 14 ވަނަ ދުވަހު ސައުދީ އަރަބިއްޔާގެ ޖިއްދާގެ ފިއުލް ޓާމިނަލްގައި އޮތް ތެޔޮ އުފުލާ ބޯޓަކަށް ދިން ހަމަލާ ހަރުކަށި އިބާރާތުން ކުއްވެރި ކޮށްފަ އެވެ.

އެގޮތުން އެދުވަހު ސައުދީގެ ތެޔޮ އުފުލާ ބޯޓަށް އަމާޒުކޮށްގެން ދީފައިވާ ހަމަލާ އަކީ އެގައުމުން ހަކަތަ ފޯރުކޮށްދޭ މުހިއްމު ތަނަކަށް ދީފައިވާ ހަމަލާއެއް ކަމަށްވާ އިރު، އެ ހަމަލާއަކީ ސައުދީ ސަރުކާރާއި އެ ސަރަހައްދުގެ ގައުމުތަކުގެ ސަލާމަތަށް އޮތް ނުރައްކަލެއްގެ ގޮތުގައި ރާއްޖެއިން ވަނީ ސިފަކޮށްފަ އެވެ.

އެ ހަމަލާއަކީ ބައިނަލްއަގުވާމީ ހަމަތަކާއި ހިލާފު ހަމަލާއެއް ކަމަށް ދިވެހި ސަރުކާރުން ވަނީ ބުނެފަ އެވެ.

ދިވެހި ސަރުކާރުން އަބަދުވެސް އޮންނާނީ ސައޫދީ އަރަބިއްޔާގެ ސަރުކާރާއި އެގައުމުގެ ރައްޔިތުންނާއި އެކުގައި ކަމަށާއި، ޓެރަރިޒަމާއި ދެކޮޅަށް ރާއްޖެއިން އަބަދުވެސް މަސައްކަތްކުރަމުން ގެންދާނެ ކަމަށް ސަރުކާރުން ވަނީ ބުނެފަ އެވެ.

މި މަހުގެ 14 ވަނަ ދުވަހު ސައޫދީގެ ތެޔޮ އުފުލާ ބޯޓަށް ދެވުނު ހަމަލާގައި އެއްވެސް މީހެއް މަރުވެފަ އެއް ނުވެއެވެ.

0%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
50%
ސަތޭކައަކުން ސުމެއް
50%
ވަރަށް ސަލާމް
ކޮމެންޓްސް