ads
އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހްމަދު ހުސައިން -- ފޮޓޯ: އިމިގްރޭޝަން
ފަތުރުވެރިން ޗެކްއިން ވާން ނަގާނީ 35 ސިކުންތު: ހަނަފީ
ފަތުރުވެރިން ރާއްޖެ އައިސް އިމްރޭޝަން ކްލިއަރެންސް ވާން ދެން ނަގާނީ 35 ސިކުންތު ކަމަށް އިމިގްރޭޝަންގެ ކޮންޓްރޯލާ ޖެނެރަލް މުހައްމަދު އަހުމަދު (ހަނަފީ) ވިދާޅުވެއްޖެއެވެ.

ހަނަފީ ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ، ފަތުރުވެރިން ރާއްޖެއައިސް ކްލިއާވާން ނަގާ ވަގުތު ކުޑަކުރުމަށް ކުރެވުނު މަސައްކަތުގެ ދަށުން، މިހާރު ފަތުރުވެރިން އިމިގްރޭޝަން ކްލިއާވާން ނަގާނީ ގާތްގަނޑަކަށް 35 ސިކުންތު ކަމަށެވެ. އެހެންކަމުން މިހާރު 14 ކައުންޓަރުން އެކުގައި ހިދުމަތް ދޭއިރު، 350 ފަތުރުވެރިންގެ އިމިގްރޭޝަން ކްލިއަރެންސަށް މިހާރު ނަގާނީ ގާތްގަނޑަކަށް 15 މިނެޓުކަމަށް ހަނަފީ ވިދާޅުވިއެވެ. 

ރާއްޖޭގެ ބޯޑަރުން އަލުން ހުޅުވާލިފަހުން ރާއްޖެއަންނަ ފަތުރުވެރިން އިތުރުވެ ކްލިއަރެންސާއި އެހެނިހެން ހިދުމަތްތައް ލަސްވާ މައްސަލަވަނީ ފެންމަތިވެފައެވެ. އެގޮތުން ފަތުރުވެރިންނަށް ރިސޯޓަށް ނުދެވި މާލޭ ސަރަހައްދުގައި ތާށިވެ އެގޮތަށް އެކަންވުމުން ފަތުރުވެރިންގެ އަތުން ގިނަ ހަރުދުތަކެއް ވެސް ދާކަން ފާހަގަކުރެވެއެވެ. 

100%
ކަމުގޮސްފި
0%
އަޑުއެހިތާ މިހުރީ
0%
ސަތޭކައަކުން ސުމެއް
0%
ވަރަށް ސަލާމް
ކޮމެންޓްސް